ހޯމް މިނިސްޓްރީގެ ދަށުން ވަކިކުރެއްވި ފުލުހުންގެ މުއައްސަސާގެ ޚިދުމަތް، އަލުން އެމިނިސްޓްރީގެ ދަށަށް ބަދަލުކުރަން ރައީސް އިބްރާހިމް މުހަންމަދު ސާލިޙު ނިންމެވިކަން އެމިނިސްޓްރީއަށް އަންގައިފިއެވެ.

ސަރުކާރުން އެގޮތަށް ނިންމިކަން ހާމަކުރީ ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ސޮއިކުރައްވައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲއަށް ފޮނުވި ސިޓީއެއްގައެެވެ.

ހޯމް މިނިސްޓްރީގެ ދަށަށް ފުލުހުންގެ މުއައްސަސާ އަނބުރާ ގެނައުމަށް ސަރުކާރުން މި ނިއްމީ އެ މިނިސްޓްރީގެ ދަށުން ފުލުހުންގެ މުއައްސަސާ ވަކިކޮށްފައިވާކަން އަންގައި މި މަހުގެ 14 ވަނަ ދުވަހު ރައީސް އޮފީހުން ފޮނުވި ސިޓީއެއް ލީކުވެ ގާނޫނީ ބޮޑު ބަހުސެއް ފެށިފަައިވަނިކޮށެވެ.

ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް، އަލީ ޒާހިރު ސޮއިކުރައްވައި މިއަދު ހޯމް މިނިސްޓަރު އިމްރާން އަބުދު ﷲ އަށް ފޮނުވި ސިޓީގައި ފުލުހުންގެ ޚިދުމަތް ދިނުމުގެ އެންމެހައި ކަންކަމުގެ ޒިންމާ އުފުލައި އަދި ފުލުހުންގެ ޚިދުމަތް ހިނގަމުންދާނީ ފުލުހުންގެ ގާނޫނާ އެއްގޮތްވާގޮތުގެމަތިންކަން ކަށަވަރުކުރުމަށްޓަކައި ވަޒީރުގެ ހައިސިއްޔަތުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް އަދާކުރުމަށް ބޭނުންވާ އެންމެހައި އިންތިޒާމްތައް ހަމަޖެއްސުމަށް ވަނީ އަންގާފަ އެވެ. މީގެއިތުރުން ރާއްޖޭގެ ދާޚިލީ ސަލާމަތާއި ރައްކާތެރިކަމާއި އަމަންއަމާންކަން ދެމެހެއްޓުމަށް ކުރެވޭ މަސައްކަތްތަކާއި ކުށްކުރުން މަދުކުރުމާއި އާންމުންގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކުރުމާއި މުދަލާއި ފައިސާގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ކަމާބެހޭ މުއައްސަސާތަކާ ގުޅިގެން ކުރަންޖެހޭ ކަންކަން ކުރުމަށް ވެސް އެސިޓީގައި ވަޒީރު އިމްރާނަށް އަންގާފައި ވެއެެވެ.

ފުލުހުންގެ މުވައްސަސާ ހޯމް މިނިސްޓްރީއިން ވަކިކުރި ކަން އަންގައި އަލީ ޒާހިރު ސިޓީ ފޮނުވާފައިވަނިކޮށް މިނިސްޓަރު އިމްރާން އެކަމަށް ނުސީދާ ރައްދެއް ދެއްވަމުން ވިދާޅުވެފައި ވަނީ ގޮންޖެހުންތައް ކުރިމަތިވި ނަމަވެސް ކާމިޔާބު ވާނީ ގޮންޖެހުންތަކުން އަރައިގަނެ، ކުރިއަށް ދިއުމުގެ ހިތްވަރު ހޯދާ ބަޔަކަށް ކަމަށެވެ.

އަދި ކަންކަން ރަނގަޅު ކުރަން އުޅޭއިރު ލައްކަ ގިނަ ގޮންޖެހުންތަކާ ކުރިމަތި ވުމަކީ ތަބީއީ ކަމެއް ކަމަށް އިމްރާން ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު


2

ޏނ

23-Oct-2021

އެމެރިކާ މޮޅު ސަފީރު ތާއީދުކުރާ ހަރުދަނާ ސިޔާސަތު. ކުޅޭކުލޭގޮތަކަށް