ކޮންމެ އަހަރެއްގެ ހޭނަކަތާއެކު، ރާއްޖެއަށް ހިޖުރަކުރާ މޫސުމީ ދޫނިތަކުގެ ތެރެއިން ގުޑުގުޑާ ދޫނި (ފްލެމިންގޯ) ހިފާ، އެއަށް ގެއްލުންދީ ވިއްކާ މައްސަލައެއް ފެންމަތިވެފައިވާތީ، އީޕީއޭއިން ފުލުހުންނާއި ގުޅިގެން އެ މައްސަލަ ބަލަން ފަށައިފިއެވެ.
ރާއްޖޭގެ އުތުރުގެ ރަށްތަކުން މިހާރު މި ދޫނި ފެންނަން ފަށާފައިވާއިރު، މީސްމީޑިއާގައި ވަނީ މި ރީތި ދޫނިތަކުގެ ފޮޓޯތައް ދައުރުވާން ފަށާފައެވެ. މި ރީތި ފޮޓޯތަކާއެކު ދެން ދައުރުވާންފެށީ މި ދޫނި ހިފާ ވިއްކަން ފަށާފައިވާ ޕޯސްޓުތަކެކެވެ. އެގޮތުން މި ދޫނި ވިއްކަން ސޯޝަލް މީޑިއާގައި ޖަހާފައިވަނީ 30،000 ރުފިޔާއަށެވެ.
މިކަން ކުއްވެރިކޮށް މިއަދު އީޕީއޭއިން ވަނީ ބަޔާނެއް ނެރެފައެވެ. އެގޮތުން އީޕީއޭއިން ބުނީ މިގޮތަށް ހިމާޔަތްކުރެވިފައިވާ ދޫނި ހިފާ، ހައްޔަރުކުރާ ފަރާތްތަކާއި، އަދި މިދޫނި ގަނެވިއްކާ ވިޔަފާރިކުރަމުންދާ ފަރާތްތަކާއި މެދު ފިޔަވަޅު އަޅާނެކަމަށާއި، ޖޫރިމަނާކުރާނެ ކަމަށެވެ. އަދި އެ މައްސަލަ މިހާރު ވެސް ފުލުހުންނާ ގުޅިގެން ބަލަމުންދާ ކަމަށް އީޕީއޭއިން ވަނީ ހާމަކޮށްފައެވެ.
މީގެކުރިންވެސް ގުޑުގުޑާ ދޫނި ކުޅުދުއްފުއްޓަށް ހިޖުރަކޮށް އުޅުނު ކަމަށާއި، މި ދޫނިތައް އުޅެނީ އެއް ބައިގަނޑެއްގެ ގޮތުގައި ކަމަށްވެސް ކުޅުދުއްފުށިން މަންޒަރު ދުށް މީހުން ބުނެފައިވާ ކަމަށް އީޕީއޭއިން ބުނެފައި ވެއެވެ. އަދި އޭގެ ތެރެއިން ބައެއް ދޫނިތައް ހިފި ފަހުން ދޫނިތައް ބައިބައި ވެފައިވާ ކަމަށްވެސް އެމީހުން ބުނާކަމަށް އިޕީއޭއިން ބުނެއެވެ.
މިގޮތަށް ދޫނި ހިފާ ނުވަތަ ދޫނިތަކަށް ގެއްލުންދޭ އެއްވެސް ފަރާތެއް އެނގޭ ނަމަ އެ ފަރާތެއްގެ ފުރިހަމަ މައުލޫމާތު އީޕީއޭގެ ހޮޓްލައިން ނަމްބަރު 7980379 އަށް ހިއްސާކުރެއްވުމަށް ވެސް އެފަރާތުން އެދިފައިވެއެވެ.
ރާއްޖެއަށް ހިޖުރަކުރި ގުޑުގުޑާ ދޫނިތަކެއް ހިފާ، އަދި އެތަކެތި ވިއްކި މައްސަލައެއް ފެންމަތިވެފައިމިވަނީ، މި މޫސުމުގައި ރާއްޖެއަށް ހިޖުރަކުރާ ދޫނިތައް ނުހިފުމަށާއި އެ ތަކެއްޗަށް ގޯނާ ނުކުރުމަށް އަންގައި އީޕީއޭއިން އިންޒާރުދީފައި ވަނިކޮށެވެ.

Press Release regarding the illegal capture of migratory birds and making reports to EPA. pic.twitter.com/Dq5jwVikKY
— EPA Maldives (@EPAMaldives) October 19, 2021
މިކަން ކުއްވެރިކޮށް މިއަދު އީޕީއޭއިން ވަނީ ބަޔާނެއް ނެރެފައެވެ. އެގޮތުން އީޕީއޭއިން ބުނީ މިގޮތަށް ހިމާޔަތްކުރެވިފައިވާ ދޫނި ހިފާ، ހައްޔަރުކުރާ ފަރާތްތަކާއި، އަދި މިދޫނި ގަނެވިއްކާ ވިޔަފާރިކުރަމުންދާ ފަރާތްތަކާއި މެދު ފިޔަވަޅު އަޅާނެކަމަށާއި، ޖޫރިމަނާކުރާނެ ކަމަށެވެ. އަދި އެ މައްސަލަ މިހާރު ވެސް ފުލުހުންނާ ގުޅިގެން ބަލަމުންދާ ކަމަށް އީޕީއޭއިން ވަނީ ހާމަކޮށްފައެވެ.
މީގެކުރިންވެސް ގުޑުގުޑާ ދޫނި ކުޅުދުއްފުއްޓަށް ހިޖުރަކޮށް އުޅުނު ކަމަށާއި، މި ދޫނިތައް އުޅެނީ އެއް ބައިގަނޑެއްގެ ގޮތުގައި ކަމަށްވެސް ކުޅުދުއްފުށިން މަންޒަރު ދުށް މީހުން ބުނެފައިވާ ކަމަށް އީޕީއޭއިން ބުނެފައި ވެއެވެ. އަދި އޭގެ ތެރެއިން ބައެއް ދޫނިތައް ހިފި ފަހުން ދޫނިތައް ބައިބައި ވެފައިވާ ކަމަށްވެސް އެމީހުން ބުނާކަމަށް އިޕީއޭއިން ބުނެއެވެ.
މިގޮތަށް ދޫނި ހިފާ ނުވަތަ ދޫނިތަކަށް ގެއްލުންދޭ އެއްވެސް ފަރާތެއް އެނގޭ ނަމަ އެ ފަރާތެއްގެ ފުރިހަމަ މައުލޫމާތު އީޕީއޭގެ ހޮޓްލައިން ނަމްބަރު 7980379 އަށް ހިއްސާކުރެއްވުމަށް ވެސް އެފަރާތުން އެދިފައިވެއެވެ.
ރާއްޖެއަށް ހިޖުރަކުރި ގުޑުގުޑާ ދޫނިތަކެއް ހިފާ، އަދި އެތަކެތި ވިއްކި މައްސަލައެއް ފެންމަތިވެފައިމިވަނީ، މި މޫސުމުގައި ރާއްޖެއަށް ހިޖުރަކުރާ ދޫނިތައް ނުހިފުމަށާއި އެ ތަކެއްޗަށް ގޯނާ ނުކުރުމަށް އަންގައި އީޕީއޭއިން އިންޒާރުދީފައި ވަނިކޮށެވެ.
ކިޔުންތެރިންގެ ހިޔާލު