މި މަހުގެ 16 ވަނަ ދުވަހު ހިނގި ނުރައްކާތެރި ކަނޑުމަތީގެ ހާދިސާގައި ގެއްލުނު ހަތަރު އަހަރުގެ ކުޑަކުއްޖާ ހޯދަން ކުރި މަސައްކަތުގެ ތެެރެއިން މިހާތަނަށް 4،706 އަކަ ނޯޓިކަލް މޭލު ސަރަހައްދެއް ބަލައިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް، އެމްއެންޑީއެފުން މިރޭ ބުނީ ކ. އޮޅުވެލި ރިސޯޓް ކައިރީ ކަނޑު މަތީގައި ހިނގި ހާދިސާގައި ގެއްލުނު ކުޑަ ކުއްޖާ ހޯދުމަށް ކުރިއަށްގެންދާ އޮޕަރޭޝަންގައި މިހާތަނަށް ކަނޑާއި ވައިގެ މަގުން 4،706 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބެލިފައިވާ ކަމަށެވެ. ނަމަވެސް އަދި މިހާތަނަށް ކުރެވުނު މަސައްކަތުން އެ ކުއްޖާ ފެނިފައި ނުވާ ކަމަށް އެމްއެންޑީއެފުން ހާމަކުރެއެވެ.



މާލެ އިން ފުރައިގެން ވ. އަތޮޅަށް ދަތުރުކުރަމުން ދަނިކޮށް ހިނގި އެ ކަނޑުމަތީ ހާދިސާގައި ގެއްލުނު ކުއްޖާގެ މަންމަ ވަނީ ނިޔާވެފައެވެ. މިހާދިސާގައި ލޯންޗުން ދަތުރުކުރި މީހުންނަށް އެކި ވަރުގެ ޒަހަމްތަށް ވަނީ ލިބިފައެެވެ. އެހާދިސާނހިނގާފައިވަނީ މިމަހުގެ 16 ވަނަ ދުވަހުން ފެށިގެން ތިން ދުވަސް ވަންދެން މޫސުން ވަރަށް ބޮޑަށް ގޯސްވާނެ ކަމަށް ބުނެ މެޓުން އެލާޓްތައް ނެރެފައިވަނިކޮށް މޫސުން ގޯސްކޮށް އޮއްވާ ފުރައިގެން ދަތުރުކުރަމުން ދަނިކޮށްކަން ފާހަގަކޮށްލެވެއެވެ. މިފަދަ ދުވަސްތަކުގައި ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދިނުމަށް މެޓުންނާއި އެމްއެންޑީއެފުން އަންނަނީ ކެނޑިނޭޅި އިލްތިމާސްކުރަމުންނެވެެ.



ކިޔުންތެރިންގެ ހިޔާލު