އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާ ބަޖެޓާއި ގުޅޭގޮތުން ސަރުކާރަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއެކު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ބޭއްވެވި މަޝްވަރާތައް ނިންމާލައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، 2022 ވަނަ އަހަރަށް ލަފާކުރާ ބަޖެޓްގެ ފޯމިއުލޭޝަންތަކާއި ގުޅޭގޮތުން އެމްޑީޕީގެ މަޖިލިސް މެމްބަރުންނާއެކު ބޭއްވި ހިޔާލު ހޯދުމުގެ މަޝްވަރާތައް ނިންމާލާފައިވާކަމަށެވެ.



މިމަޝްވަރާތަކުގައި ތަރައްގީގެ މަޝްރޫއުތަކާއި އާމްދަނީ އާއި ހަރަދާއި ގުޅޭގޮތުން މަޝްވަރާކުރެއްވިކަމަށް މަބްރޫކް ވިދާޅުވިއެވެ. މީގެއިތުރުން ރައީސް ސާލިހުގެ ވައުދުފުޅުތައް ފުއްދެވުމާއި ގުޅޭގޮތުންވެސް މިބައްދަލުވުންތަކުގައި މަޝްވަރާކުރެއްވިކަމަށް މަބްރޫކް ވިދާޅުވިއެވެ.

ދައުލަތުގެ މާލިއްޔަތުގެ ގާނޫނުގައިވާ ގޮތުން ކުރިއަށް އޮންނަ އަހަރުގެ ދައުލަތުގެ ބަޖެޓް ހިނގަމުންދާ އަހަރުގެ އޮކްޓޯބަރު 31ގެ ކުރިން ރައްޔިތުންގެ މަޖިލީހަށް ފޮނުވަން ޖެހެއެވެ.



ކިޔުންތެރިންގެ ހިޔާލު