ރައްޔިތުންގެ މަޖިލީހުގެ 3 ވަނަ ދައުރަށް ސަރުކާރުގެ ފަރާތުން ހުށަހަޅާނެކަމަށް ވިދާޅުވި 32 ބިލުގެ ތެރެއިން މިހާތަނަށް ހުށަހަޅާފައިވަނީ މަދު ބިލެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ސަރުކާރުގެ ފަރާތުން ހުށަހަޅަން ނިންމާފައިވާ ބިލުތަކުގެ ތެރެއިން މިހާތަނަށް ހުށަހަޅާފައިވަނީ އެންމެ ހަތަރު ބިލު ކަމަށެވެ. އަދި އިތުރު ބިލުތައް މިދައުރުގެ ތެރޭގައި މަޖިލީހަށް އަންނާނެކަމަށް ލަފާ ނުކުރެވޭކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ މަޖިލީހުގައި މިހާރު ހުރި ބިލުތަކުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާކަމަށެވެ. އަދި މަޖިލީހުގެ ތަޅުމުގައި މަސައްކަތް މަދުވަމުންދާތީ، ބިލުތައް ދިރާސާކުރަމުންދާ ކޮމިޓީތަކަށް އިތުރު ވަގުތުގައިވެސް މަސައްކަތް ކުރިއަށް ގެންދެވޭނެ ކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ.
މަޖިލީހުގެ 3 ވަނަ ދައުރު ފެށުމުގެ ކުރިން މިދިޔަ އޮގަސްޓްމަހު ބަންޑަރަނައިބުގެ އޮފީހުން ވަނީ މަޖިލީހުގެ ތިން ވަނަ ދައުރަށް އެކި ދާއިރާތަކުން ޖުމްލަ 32 ބިލެއް ހުށަހަޅަން ނިންމައި ބިލުތަކުގެ ލިސްޓެއް އާންމުކޮށްފައެވެ.
އޭގެ ތެރޭގައި، ގާނޫނީ އަދި ޝަރުއީ ދާއިރާއާ ގުޅުންހުރި ބިލުތަކާއި، ދީނީ އަދި އިޖްތިމާއީ ދާއިރާއާގުޅޭ ބިލުތަކާއި، އިގުތިސާދީ އަދި ތިމާވެށީގެ ދާއިރާއާގުޅޭ ބިލުތައް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު