މިދިޔަ މޭމަހުގެ 6 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ޙަމަލާގެ މައްސަލައިގައި އިތުރު 2 މީހެއްގެ މައްޗަށް ދަޢުވާކުރުމަށް ޕްރޮސެކިއުޓަރ ޖެނަރަލްގެ އޮފީހުން ކްރިމިނަލް ކޯޓަށް ފޮނުވައިފިއެވެ.
މިމައްސަލައިގައި ދައުވާކުރަން މިމަހުގެ 19ވަނަ ދުވަހު ފޮނުވާފައިވަނީ ހއ. މޮޅަދޫ، ބަހާރުގެ، ޢަބްދުﷲ ޢަލީ މަނިކާއި، ހއ. ހޯރަފުށި، އަލަނާސިގެ، މުޙައްމަދު ތަސްލީމްގެ މައްޗަށެވެ.
މި މީހުންގެ މައްޗަށް އުފުލާފައިވަނީ ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު ގެ 1-16 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރާ ޙަވާލާދީ، އެ މާއްދާގެ (ށ) ގެ ދަށުން، ޓެރަރިސްޓް ޖަމާޢަތަކަށް ތާއީދުކުރުމުގެ ކުށުގެ ދަޢުވާއެވެ.
މި 2 މީހުންގެ އިތުރުން ބޮމުގެ ހަމަލާގެ މައްސަލައިގައި 7 މީހަކަށް ވަނީ ދައުވާކޮށްފައެވެ. އެ މީހުންނަކީ ގއ. ވިލިނގިލި، ހުދުރުވާގެ، ފަހުމީ ޢަލީއާއި، އއ. މާޅޮސް، އަސަރީގެ، މުޙައްމަދު ނާޡިމްގެ އިތުރުން މ. ކުދެހިގެ، އިސްޙާޤާއި، ވ. ތިނަދޫ ލަކީ އަދުހަމް އަހްމަދާއި މއ. ފޭރުގެ މުޖާޒް އަހުމަދާއި، ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހްމަދު އަދި ނ. މަނަދޫ ނޫރީގެ އަލީ ހައިޝަމްގެ މައްޗަށެވެ.
ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ދަޢުވާކޮށްފައިވާ މީހުންގެ ތެރެއިން އައިއީޑީ ގޮއްވާލިކަމަށް ތުހުމަތުކުރާ އަދުހަމް އަހްމަދަށް ކުރާ ދައުވާތަކުގެ ޝަރީއަތް ފެށުމާއެކު އޭނާ ވަނީ ދަޢުވާތަކަށް އިއުތިރާފްވެފައެވެ. އަދުހަމް ވަނީ ދަޢުލަތާއެކު އިއުތިރާފް އެއްބަސްވުމެއް ހަދާފައެވެ. ނަމަވެސް އެހެން ބައެއް މީހުން ވަނީ ދައުވާތަކަށް އިންކާރުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު