ދުނިޔޭގެ އެކި ކަންކޮޅުތަކުގައި 1.42 ބިލިއަނަށް ވުރެ ގިނަ މީހުން ދިރިއުޅެނީ އެކަށީގެންވާ ގޮތެއްގައި ފެން ނުލިބިކަމަށް އދގެ ރިޕޯޓްތަކުން ހާމަވާކަމަށާއި، މިކަން ހައްލުކުރުމަށް ހުރިހާ ފަރާތްތަކުން ގުޅިގެން މަސައްކަތް ކުރަންޖެހޭކަމަށް އދގެ އާއްމު މަޖިލީހުގެ ރައީސް އަދި ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ޝާހިދު މިހެން ވިދާޅުވީ 4 ވަނަ ގްލޯބަލް ވޯޓަރ އޮޕަރޭޓަރސް ޕާޓްނަރޝިޕްސް ކޮންގްރެސްގައި ވާހަކަފުޅުގެ ދައްކަވަމުންނެވެ.
ޝާހިދުގެ ވާހަކަފުޅުގައި ސާފު ބޯފެނާއި ސާފުތާހިރުކަން ލިބުމުގެ ހައްޤު ޒަމާނުއްސުރެ ނިގުޅައިގަނެފައިވާ މުޖުތަމަޢުތަކަށް ވަސީލަތްތަކާއި ޤާބިލުކަން އިތުރުކުރުމަށް ކުރެވޭ މަސައްކަތްތަކަށް އެއްބާރުލުން ދިނުމަށް ޤައުމުތަކަށް ގޮވާލެއްވިއެވެ.
ޝާހިދު ވިދާޅުވީ، ފެނަކީ ދިރުންކަމަށާއި، އެކަށީގެންވާ ސާފު ބޯފެނާއި ސާފުތާހިރުކަން ލިބުމަކީ އިންސާނީ އަސާސީ ހައްގެއްކަމަށެވެ. އަދި ޔުނިސެފުން ހާމަކޮށްފައިވާގޮތުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި 1.42 ބިލިއަނަށް ވުރެ ގިނަ މީހުން ދިރިއުޅެމުންދަނީ އެކަށީގެންވާ ގޮތެއްގައި ފެން ނުލިބިކަން ޝާހިދު ފާހަގަކުރެއްވިއެވެ. އޭގެ ތެރޭގައި 450 މިލިއަން ކުޑަކުދިން ހިމެނޭކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"މާނައަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކޮންމެ 5 ކުއްޖަކުން 1 ކުއްޖަކަށް އެކުދިންގެ އަސާސީ ބޭނުންތައް ފުއްދުމަށް ބޭނުންވާ މިންވަރަށް ފެން ނުލިބޭ." ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ، ފެނުގެ ދަތިކަން ހުރި ގޭބިސީތަކުގެ 80 އިންސައްތަ ގޭބިސީގައި ފެން ނެގުމުގެ ޒިންމާ އުފުލަންޖެހޭ ބަޔަކީ އަންހެނުންނާއި އަންހެން ކުދިންކަމަށެވެ. މީގެ ސަބަބުން ގިނަ ފަހަރަށް ދިގު ދަތުރުތައް ކުރުމާއި ބަރުކޮށް އެއްޗެހި އުފުލުމާއި އަދި ބައެއް ހާލަތްތަކުގައި އަނިޔާގެ ނުރައްކާ އެމީހުންނަށް ކުރިމަތިވާކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.
ސިޓީތަކުން ފެށިގެން ކުދި ޓައުންތަކާ ހަމައަށް، މި ޒަރޫރީ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ފެނުގެ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން އަދާކުރަނީ ވަރަށް ނާޒުކު އަދި ނުހަނު ބޭނުންތެރި ދައުރެއްކަން ފާހަގަކުރައްވައި ޝާހިދު ވިދާޅުވީ، އައު ޓެކްނޮލޮޖީތަކަށް ވާސިލު ވުމުގައި ނުވަތަ ހުނަރު އިތުރުކުރުމުގައި މި ގްރޫޕަށް އެއްބާރުލުން ދިނުމަކީ ވަރަށް މުހިންމު ކަމެއްކަމަށެވެ.
އދގެ އާއްމު މަޖިލީހުގެ ރައީސްގެ ވާހަކަފުޅުގައި ފެނަކީ ހުރިހާ އެންމެންގެ މަސްލަހަތު ހިމެނޭ މައްސަލައަކަށްވެފައި، ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ޙާޞިލު ކުރުމާ ގުޅިފައިވާ ކަމެއްކަން ވަނީ ފާހަގަކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު