އަމީނީ ގޯޅީގައި، ޑޮނާޑް ގާމަންޓްސް ހުންނަ އިމާރާތުގެ ފަންގިފިލާއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެެވެ.

އެމްއެންޑީއެފުން ބުނީ މިއަލިފާނުގެ ހާދިސާގެ ރިޕޯޓް ލިބިފައިވަނީ މިއަދު ހަވީރު 16:49 ހާއިރުކަމަށެވެ. އަލިފާން ރޯވެފައިވަނީ ޑޮނާޑް ގާމެންޓްސް ހިންގާ، ގ. ފީރޯޒްލޮޖްގެ ތިންވަނަ ފަންގިފިލާގައި ކަމަށް އެމްއެންޑީއެފުން ބުނެ އެވެ. އެސަރަހައްދުގައި ފަޔަރ އެންޑް ރެސްކިއު އިން މިހާރު އަންނަނީ ހަރަކާތްތެރިވަމުންނެެވެ.



އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއުއިން ވަނީ ޑޮނާޑް ގާމެންޓްސް އިމާރާތުގައި އަލިފާން ރޯވުމާއި ގުޅިގެން އެ އިމާރާތުން މީހުން ހުސްކޮށްފައެެވެ.

އެމްއެންޑީއެފުން ބުނީ ޑޮނާޑް ގާމެންޓްސް އިމާރާތުގެ ތިން ވަނަ ފަންގިފިލާގައި ރޯވި އަލިފާންގަނޑު މިހާރު ކޮންޓްރޯލްކޮށްފައިވާ ކަމަށެވެ. މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާ އެއް ލިބިފައެއް ނުވެއެވެ. އަލިފާނުގެ ހާދިސާ ހިގަން މެދުވެރިވި ސަބަބު އަދި ސާފެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު