ރ. ފާރުފުށީގައި ގަވާއިދާއި ހިލާފަށް މަސައްކަތް ކުރާކަމަށް ބުނެ، އެންވެރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން އެ ރިސޯޓް ތަރައްގީ ކުރާ ކުންފުނި 275،000 ރުފިޔާއިން ޖޫރިމަނާކޮށްފި އެވެ.
އީޕީއޭއިން ބުނީ ރ. ފާރުފުށި ތަރައްގީ ކުރަމުންދާ ފާރުފުށި އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ޖޫރިމަނާކޮށްފައި ވަނީ އެރަށުގައި ރިސޯޓެއް ތަރައްގީކުރުމުގެ މަޝްރޫއަށް ހުށަހަޅާފައިވާ ތިމާވެއްޓަށް އަސަރުފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓާއި ހިލާފަށް އެ ކުންފުނިން މަސައްކަތް ކޮށްފައިވާތީ ކަމަށެވެ.
އެގޮތުން ރާއްޖޭގެ ތިމާވެށިރައްކާތެރިކޮށް ދެމެހެއްޓުމާއި ބެހޭ ގާނޫނުގެ ދަށުން ހަދާފައިވާ ތިމާވެއްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވާއިދުގެ ދަށުން 275،000 ރުފިޔާއިން މިއަދު އެ ކުންފުނި ޖޫރިމަނާކޮށްފައިވާ ކަަމަށް އީޕީއޭއިން ހާމަކޮށްފައި ވެއެވެ. އަދި މިޖޫރިމަނާ ފައިސާ 30 ދުވަހުގެ މުއްދަތުގެ ތެރޭގައި ދެއްކުމަށް އީޕީއޭއިން މިހާރު ވަނީ ފާރުފުށި އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށް އަންގާފައެެވެ.
ފާރުފުށީގައި އީއައިއޭއާއި ޚިލާފަށް ކަންތައްތަކެއް ކޮށްފައި ހުރެގެން އެކުންފުނި ޖޫރިމަނާ ކުރި ކަމަށް އީޕީއޭއިން ބުނި ނަމަވެސް ގަވާޢިދާ ޚިލާފަށް ކޮށްފައި ހުރީ ކިހާވަރެއްގެ ގެއްލުމެއް ލިބޭ ކޮން ކަންތައް ތަކެއްކަމެއް އީޕީއޭއަކުން ހާމައެއް ނުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު