ހިޖުރަކުރާ ދޫނި ހިފައި އެތަކެއްޗަށް ގެއްލުން ދިނުމުގެ އަމަލުތައް ހުއްޓުވުމަށް ކައުންސިލްތަކުން ޒިންމާއަދާކުރަންޖެހޭ ކަމަށް މަޖިލީހުގެ އެންވަޔަރަމަންޓް އެންޑް ކްލައިމެޓް ޗޭންޖު ކޮމިޓީން ބުނެފިއެވެ.
މަޖިލީހުގެ އެންވަޔަރަމަންޓް އެންޑް ކްލައިމެޓް ޗޭންޖު ކޮމިޓީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، އެކި މޫސުންތަކުގައި ރާއްޖެއަށް ހިޖުރަކުރާ ދޫނީގެ ބާވަތްތަކަކީ ރާއްޖޭގެ ގުދުރަތީ މާހައުލުގައި ވަރަށް މުހިއްމުތަކެތި ކަމަށެވެ. އެތަކެތީގެ އާބާދީއަށް ގެއްލުން ލިބޭނެ ފަދަ ކަންކަމަކީ ރާއްޖޭގެ ތިމާވެށި ރައްކާކޮށް ދެމެހެއްޓުމުގެ ގާނޫނުގެ ދަށުން ހަދާފައިވާ "ގުދުރަތީ ގޮތުގައި ނުވަތަ ތަބީއީ ގޮތުގައި ހިމާޔަތްކޮށް ރައްކާތެރިކުރާ ދިރޭ ތަކެއްޗާ ބެހޭ ގަވާއިދު" ގެ ދަށުން މަނާކޮށްް، އަދަބު ކަނޑައަޅާފައިވާ ކަމެއް ކަމަށް އެ ބަޔާނުގައި ފާހަގަކޮށްފައި ވެއެވެެ.
ގަވާއިދުގައި އެގޮތަށް އޮތް ނަމަވެސް އެކި މޫސުންތަކުގައި ރާއްޖެއަށް ހިޖުރަކުރާ ދޫނިތައް ހިފައި އެތަކެއްޗަށް ގޯނާކޮށް އެތަކެތީގެ ހިޖުރައިގެ ރާސްތާއަށް ހުރަސްއެޅޭ ބާވަތްތަކުގެ ކަންކަން ރާއްޖޭގައި ކުރަމުން ދިއުމަކީ ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެއް ކަމަށް އެ ކޮމިޓީން ނެރުނު ބަޔާނުގައި ވަނީ ބުނެފައެވެ. އެހެންކަމުން އެތަކެތި ހިފައި ވިއްކާ މީހުންނަށް މިހާރުން މިހާރަށް ފިޔަވަޅު އެޅުމަށާއި ހިޖުރަކުރާ ދޫނިތަކުގެ ގުދުރަތީ ދިރިއުޅުން ގެއްލޭ ފަދަ އެއްވެސް ކަމެއް ނުކުރުމަށް ކޮމިޓީން ވަނީ ގޮވާލާފައެވެ.
ރާއްޖެ ހިޖުރަކުރި ފްލެމިންގޯތަކެއް ހިފި މައްސަލައާއި އެ ދޫނިތައް ވިއްކުމަށް މީސްމީޑިއާގައި އާންމުކޮށް މަސައްކަތް ކުރި މައްސަލައެއް ފުލުހުންނާ ގުޅިގެން އީޕީއޭ އިން ވަނީ ބަލަން ފަށާފައެވެ. އެމައްސަލަ ފެންމަތިވީ އެގޮތަށް ހިޖުރަކުރާ ދޫނި ހިފައި ގޯނާކުރާ ނަމަ ފިޔަވަޅު އަޅާނެ ކަމަށް އީޕީއޭއިން އަންގާފައިވަނިކޮށެވެ.
ފްލެމިންގޯތަކެއް އެންމެ ފުރަތަމަ ފެނިފައި ވަނީ ހއ. ފިއްލަދޫ ފުއްޓަރު ފަރާތު އަތިރިމަތިންނެވެ. ހިމާޔަތްކޮށްފައިވާ ދޫނިތައް ހިފައި ގޯނާކުރާ މީހުންނަށް، ތިމާވެއްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވައިދާއި ގުދުރަތީ ގޮތުގައި ނުވަތަ ތަބީއީ ގޮތުގައި ހިމާޔަތްކޮށް ރައްކާތެރިކުރާ ދިރޭ ތަކެއްޗާ ބެހޭ ގަވާއިދުގެ ދަށުން ބޮޑެތި ޖޫރިމަނާތައް ކަނޑައެޅޭނެ ކަން ވަނީ ބަޔާންކޮށްފައެެވެ.

ކިޔުންތެރިންގެ ހިޔާލު