(ފޮަޓޯ: އެޗްޑީސީ)
(ފޮަޓޯ: އެޗްޑީސީ)
ހިޔާ ފްލެޓް ސަރަހައްދުގައި ކްލިނިކެއް ގާއިމް ކުރުމަށް ބަޔަކާ ހަވާލުކޮށްފިއެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީން މިއަދު ބުނީ ހުޅުމާލެ ފޭސް 2 ގައި ގާއިމްކޮށްފައިވާ ހިޔާ ފްލެޓްތަކުގެ ކޮމާޝަލް ޔުނިޓުތަކުގައި ވީހާވެސް އަވަހަކަށް ހިދުމަތްތައްދޭން ފެށުމުގެ މަސައްކަތް އެ ކޯޕަރޭޝަނުން ކުރަމުންދާކަމަށެވެ. އެގޮތުން، އެ ސަރަހައްދުގައި ކްލިނިކެއް ހުޅުވުމަށް އެ ކޯޕަރޭޝަނުން އިއްޔެ ވަނީ ޕައިތަން ޕްރައިވެޓް ލިމިޓަޑާއެކު އެއްބަސްވުމުގައި ސޮއިކޮށް، އެމަސައްކަތް ހަވާލުކޮށްފައެވެ.



ލައިފް ސަޕޯޓް މެޑިކަލް ސެންޓަރގެ ނަމުގައި ހިންގުމަށް ހަމަޖެހިފައިވާ މި ކްލިނިކް 3 މަސް ދުވަހުގެ ތެރޭގައި ނިންމައި މި މުއްދަތުގެ ތެރޭގައި ޚިދުމަތް ދޭންފަށާނެކަން އެޗްޑީސީން ވަނީ ފާހަގަކޮށްފައެވެ. އަދި މި ސަރަހައްދުގައި އިތުރު 2 ކްލިނިކެއް ގާއިމުކުރަން ނިންމާފައިވާ ކަަމަށް ވެސް އެޗްޑީސީން ބުނެއެވެ.

މީގެއިތުރުން، އެޗްޑީސީން ބުނީ ހިޔާ ފްލެޓްތަކުގައި މިހާރު މީހުން ދިރިއުޅެން ފަށާފައިވާތީ، އެ ފްލެޓަތަކަށް ކުލި ނަގަން ފެށުމުގެ ކުރިން މިހާރު ދިމާވަމުންދާ މައްސަލަތައް ހައްލު ކުރުމަށް އެ ކޯޕަރޭޝަނުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

އެޗްޑީސީން ބުނެފައިވަނީ ހިޔާ ފްލެޓްތަކުގައި ގިނަ ފިހާރަތަކަކާއި ކްލިނިކް، ޕޮލިސް ސްޓޭޝަން އަދި މިސްކިތެއްވެސް ކައިރި މުސްތަގުބަލެއްގައި ހުޅުވާނެ ކަމަށާއި، އަންނަ އަހަރުގެ ނިޔަލަށް އެ ސަރަހައްދުގައި ސްކޫލެއް ވެސް ގާއިމް ކުރެވޭނެ ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.



ކިޔުންތެރިންގެ ހިޔާލު