ރާއްޖޭގައި ބާއްވާ އިންތިޚާބުތަކުގައި އިލެކްޓޯނިކްސް ވޯޓިންގ ނުވަތަ އީ ވޯޓިންގއަށް ދިޔުމަކީ އެންމެ މަސްލަހަތު ހުރި ގޮތެއް ނޫން ކަމަށް އިލެކްޝަން ކޮމިޝަންގެ ރައީސް، ފުއާދު ތައުފީގް މިރޭ ވިދާޅުވެއްޖެއެެވެ.
ޓީވީ ޕްރޮގުރާމެއްގައި މިރޭ ވާހަކަ ދައްކަވަމުން އިލެކްޝަން ކޮމިޝަންގެ ރައީސް ފުއާދު ތައުފީގް ވިދާޅުވީ، ރާއްޖޭގެ ޑިމޮކްރަސީގައި އޮތް މިހާރުގެ ހާލަތުގައި ގައުމުގެ މީހުންގެ ވިސްނުން ހުރި ގޮތަށް ބަލާއިރު، ރާއްޖޭގައި ބާއްވާ އިންތިޚާބުތަކުގައި އީވޯޓިންއަށް ދިޔުމަކީ އެންމެ މަސްލަހަތު ހުރި ގޮތް ކަމަށް ކޮމިޝަންގެ މެމްބަރުން ގަބޫލު ނުކުރައްވާ ކަމަށެވެ. ރާއްޖޭގައި މިހާރު ބާއްވާ އިންތިޚާބުތަކުގައި ލާ ވޯޓް ކެންޑިޑޭޓުންގެ މަންދޫބުންނާއި އޮބްޒާވަރުންނާއި އާންމުންގެ ހާޒިރުގައި ކޮންމެ ވޯޓް ކަރުދާސް ކޮޅެއް ދައްކައި ގުނުމުން ހުރިހާ ފަރާތްތަކަށް އެ ލިބޭ ޔަގީންކަން އީވޯޓިންގައި ނުލިބޭނެ ކަމަށް ފުއާދު ވިދާޅުވިއެވެ.
"މިވަގުތު ހުރިހާ މަސްލަހަތަކަށް ބަލާއިރު ވެސް ހަމަ ވޯޓް ކަރުދާސްކޮޅުތަށް ރައްޔިތުންގެ ފަރާތުން އެ ތިއްބަވާ މަންދޫބުންނާއި އޮބްޒާވަރުންނާއި މޮނީޓަރުންނާއި މީޑިޔާ ހިމެނޭގޮތަށް ހުރިހާ އެންމެންގެ ކުރިމަތީގައި ކޮން ފާހަގަ އެއް ކޮން ކެންޑިޑޭޓަކަށް ޖެހިފައި އޮތްކަން، އެ އެއްޗެހިތައް ހަމަ ދައްކަމުން ގުނަމުން ގެންދިޔައީމަ އެލިބޭ ޔަގީންކަމެއް ނުލިބޭނެ އިލެކްޓޯނިކް ވޯޓިން އަކުން." އިލެކްޝަން ކޮމިޝަންގެ ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ފުއާދު ވިދާޅުވީ އިލެކްޓޯނިކް ވޯޓިންގައި އޮތް އެންމެ ބޮޑު ފައިދާއަކީ ވޯޓްލާ ނިމޭއިރަށް ނަތީޖާ ލިބުން ކަމަށެވެ. އަދި ވޯޓްގުނަން މާގިނަ ވަގުތެއް ނުދާނެ ކަމަށް ފުއާދު ވިދާޅުވިއެެވެ. އީވޯޓިންގެ ނަތީޖާ ބިނާވަނީ އެހަދާ ޕްރޮގުރާމެއްގެ މައްޗަށް ކަމަށާއި، ރަނގަޅަށް ހަދައިފިނަމަ ނަތީޖާ ރަނގަޅަށް ނުކުންނައިރު، ގޯސްކޮށް ޕްރޮގުރާމް ހަދައިފިނަމަ ނަތީޖާ ވެސް ނުބައިވާނެ ކަމަށް ފުއާދު ވިދާޅުވިއެވެ. ފުއާދު ވިދާޅުވީ ރާއްޖޭގައި ވެރިކަމުގައި އޮންނަ ޕާޓީއަކުން އީވޯޓިންއަށް ދާން ބޭނުންވާ ކަމަށާއި، އެހެން ނަމަވެސް ސަރުކާރާއި އިދިކޮޅު ޕާޓީން އީވޯޓިންއަށް ދާން ބޭނުންނުވާ ކަމަށެވެ. އެހެން އެކަން ދިމާވަނީ އިލެކްޝަން ކޮމިޝަނުން އީވޯޓިން ޕްރޮގުރާމް ތެދުވެރިކަމާއި އަމާނަތްތެރި ކަމާއެކު ކުރިއަށް ގެންދާނެ ކަމަށް އިދިކޮޅުގައި އޮންނަ ޕާޓީއަކަށް ގަބޫލު ނުކުރެވޭތީ ކަމަށް ފުއާދު ވިދާޅުވިއެވެ.
"އެއީ ހަމަ ހަގީގަތަކީ، އެބޭފުޅުންގެ (އިދިކޮޅު ޕާޓީ) ހިތުގައި ސުވާލު އުފެދޭ ކޮމިޝަނުން އެކަން ކުރާއިރު ކިހާ ވަރަކަށްތޯ އެ ޕްރޮގުރާމަށް މިސާލަކަށް ބަގެއްލާނީ، ނޫނީ ނުބައިކޮށް ފޯމިއުލާއެއްލާނީ، އެދެން ވާނެ ގޮތަކީ އީ ވޯޓިންގައި. އެ ޕްރޮގުރާމް ހަދާގޮތަކުން އޭގެ ނަތީޖާ ނިކުންނާނީ." ފުއާދު ވިދާޅުވިއެވެ.
ފުއާދު މިހެން ވިދާޅުވި ނަމަވެސް މީގެ ކުރިން ރާއްޖޭގައި ބޭއްވި ރިޔާސީ އިންތިޚާބުގަައި އީވޯޓިން ބޭނުންކުރުމަށް އިލެކްޝަން ކޮމިޝަނުން ވަނީ މަސައްކަތްކޮށްފައެވެ. އެހެން ނަމަވެސް ސަރުކާރާއި އިދިކޮޅު ޕާޓީގެ ކަންބޮޑުވުންތަކާއި ގުޅިގެން އީވޯޓިން ބޭނުން ނުކުރުމަށް އެކޮމިޝަނުން ވަނީ ނިންމާފައެެވެ.

ކިޔުންތެރިންގެ ހިޔާލު