މޫސުމަށް އަންނަ ބަދަލުތަކަށް ޢާންމުންގެ ހޭލުންތެރިކަން އިތުރުކުރުމާއި އެދާއިރާއިން ތަޢުލީމާއި ތަމްރީނުދިނުމަކީ ޕެރިސް އެގްރީމަންޓުގައި ހިމެނޭ ވަރަށް މުހިންމު ބައެއްކަމަށް ސްޕެޝަލް އެންވޯއީ ފޮރ ކްލައިމެޓް ޗޭންޖް، ޞަބްރާ އިބްރާހީމް ނޫރައްދީން ވިދާޅުވެއްޖެއެވެ.
ސަބްރާ މިހެން ވިދާޅުވީ ކޮޕް-26 ސަމިޓަށް ތައްޔާރުވުމުގެ ގޮތުން ބޭއްވި ހަރަކާތުގައި ވާހަކަ ދައްކަވަމުންނެވެ.
"އަވަރ ކްލައިމެޓް، އަވަރ ޕްރެޒެންޓް، އަވަރ ފިއުޗަރ- އަ އެސް.އައި.ޑީ.އެސް ޕާސްޕެކްޓިވް" ގެ ނަމުގައި ބޭއްވި މިހަރަކާތަކީ ރާއްޖެއާ ރާއްޖޭގައި ހަރަކާތްތެރިވާ އ.ދ.ގެ އެޖެންސީތައް ގުޅިގެން ބޭއްވި އިވެންޓެކެވެ. އެގޮތުން މިއީ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީއާ އަދި ރާއްޖޭގައި ހަރަކާތްތެރިވާ އ.ދ.ގެ އެޖެންސީތަކުގެ ތެރެއިން ޚާއްޞަގޮތެއްގައި ޔޫ.އެން.ޑީ.ޕީ އަދި ޔުނިސެފްގެ އެއްބާރުލުމާއެކު ކުރިޔަށްގެންދިޔަ އިވެންޓެކެވެ.
މިއިވެންޓުގެ މަޤްޞަދަކީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތުގައި އެއްބާރުލުން އިތުރުކުރުމާއި އެކަންކަމުގައި ޒުވާނުންނަށް އެމީހުންގެ އަޑުއުފުލުމަށް ފުރުޞަތު ފަހިކޮށްދިނުމެވެ. އަދި މިއީ ސްކޮޓްލެންޑްގެ ގްލާސްގޯގައި ބާއްވަން ހަމަޖެހިފައިވާ ކޮޕް-26 ގައި ޕްރައިވެޓް ސެކްޓަރ ތަމްސީލުކުރާ މިންވަރު އިތުރުކުރުމަށްވެސް އެޅިގެންދާ ބާރެކެވެ.
މި އިވެންޓުގައި ވާހަކަދައްކަވަމުން ޞަބްރާ ވަނީ ޔުނިސެފާއި މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ގުޅިގެން، މޫސުމަށް އަންނަ ބަދަލުތަކާގުޅޭ މަޢުލޫމާތުތައް ރާއްޖޭގެ ޤައުމީ މަންހަޖުގައި ހިމެނުމަށް ކުރަމުންގެންދާ މުހިންމު މަސައްކަތްތަކަށް ތައުރީފު ކުރައްވާފައެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކަށް ޢާންމު ހޭލުންތެރިކަން އިތުރުކުރުމާއި އެދާއިރާއިން ތަޢުލީމާއި ތަމްރީނު ދިނުމަކީ ޕެރިސް އެގްރީމަންޓުގައި ހިމެނޭ ވަރަށް މުހިންމު ބައެއްކަމަށާ ނަމަވެސް އެއީ އަބަދުވެސް އެކަމަށް ލިބެންޖެހޭ މިންވަރަށް ސަމާލުކަން ނުލިބޭ ކަމެއްކަން ވެސް ޞަބްރާ ފާހަގަކުރެއްވިއެވެ.
ޞަބްރާގެ ވާހަކަފުޅުގައި، ދުނިޔޭގެ ފިނިހޫނުމިން އިތުރުވަމުންދިއުމާއެކު ޒުވާނުން އެމީހުންގެ މުސްތަޤްބަލާމެދު ހުރި ހިތްނުތަނަވަސްކަމާއި، ކަންބޮޑުވުމާއި، އެމީހުން އެދޭ ކަންކަމާއި އަދި އެ ކަންކަމަށް އެމީހުން ހޯދަން އެދޭ ޙައްލުތަކާ ގުޅޭގޮތުން ފާޅުކުރާ ޝުއޫރުތައް އަޑުއެހުމުގެ މުހިންމުކަން ފާހަގަ ކުރެއްވިއެވެ. އަދި ޒުވާނުންގެ މި އެދުންތަކުގެ މައިގަނޑު އަސާސަކީ ޖައްވަށް ދޫކުރާ ވިހަ ގޭސްތައް މަދުކުރުމަށް އަވަސް ފިޔަވަޅުތަކެއް އަޅައިދިނުމަށާއި އެކަމަށް ބޭނުންވާ ވަސީލަތްތަކާއި އެޑަޕްޓޭޝަނަށް ބޭނުންވާ ފައިސާ ލިބޭގޮތަށް އޮތުމާއި އަދި މި ބަދަލުވާ މަރުޙަލާ ވީހާވެސް އޮމާންކަމާއި ހަމަހަމަކަމާއެކު ކުރިޔަށްދާގޮތަށް އޮތުމާއެކު ޚާއްޞަކޮށް ކޮޕް-26އަށް ތައްޔާރުވަމުންދާއިރު މިވާހަކަތައް އިއްވައިދިނުން ކަމަށް ވިދާޅުވިއެވެ. ހަމައެހެންމެ، މޫސުމަށް އަންނަ ބަދަލުތަކަށް އަޅާފިޔަވަޅުތަކާއި ނިންމުންތައް ނިންމުމަށް ބާއްވާ މަޝްވަރާތަކުގެ އެންމެ ކުރީސަފުން ޕޮލިސީ މޭކަރުން ފަދަ މުހިންމު މަސްޢޫލިއްޔަތުތައް ޒުވާނުން އަދާކުރަންޖެހޭކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
ޞަބްރާ ވަނީ ސަރުކާރުން ކުރިޔަށްގެންދާ އެއްފަހަރު ބޭނުންކޮށްފައި އުކާލާޒާތުގެ ޕްލާސްޓިކް ބޭނުންކުރުން ހުއްޓާލުމާގުޅޭ ޕްލޭނުން މިސާލު ޖައްސަވަމުން، މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުންތައް ކުޑަކުރުމަށް ޕޮލިސީތައް އެކުލަވާލުމުގެ މަސައްކަތްތައް ކުރަމުންދާއިރު ހޭލުންތެރިކަން އިތުރުކުރުމުގެ މަސައްކަތްވެސް ހުއްޓުމެއްނެތި ކުރިޔަށްގެންދިއުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.
ދުނިޔޭގެ އެހެން ޤައުމުތަކާ އަޅާބަލާއިރު ރާއްޖެއިން ޖައްވަށް ބޭރުކުރާ ވިހަ ގޭސްތަކުގެ މިންވަރަކީ ކުޑަމިންވަރެއްކަމުން ރާއްޖެއިން ބޭނުންކުރާ ހަކަތައަކީ އިޢާދަކުރަނިވި ހަކަތަ ކަމުގައި ހެދިއްޖެނަމަ ވިލުންވެރިކަން އެ ބިނާކުރެވިގެން ދަނީ ކުރިޔަށްއޮތް އެތައް އަހަރަކަށްކަންވެސް ޞަބްރާ ފާހަގަކުރެއްވިއެވެ.

Maldives’ Special Envoy for Climate Change @SabraNoordeen delivers closing remarks at the Pre-COP26 buzz event titled ”Our Climate, Our Present, Our Future – A SIDS Perspective” https://t.co/qrvgI1Oqz2
— The President's Office (@presidencymv) October 20, 2021
ޞަބްރާގެ ވާހަކަފުޅުގައި، ދުނިޔޭގެ ފިނިހޫނުމިން އިތުރުވަމުންދިއުމާއެކު ޒުވާނުން އެމީހުންގެ މުސްތަޤްބަލާމެދު ހުރި ހިތްނުތަނަވަސްކަމާއި، ކަންބޮޑުވުމާއި، އެމީހުން އެދޭ ކަންކަމާއި އަދި އެ ކަންކަމަށް އެމީހުން ހޯދަން އެދޭ ޙައްލުތަކާ ގުޅޭގޮތުން ފާޅުކުރާ ޝުއޫރުތައް އަޑުއެހުމުގެ މުހިންމުކަން ފާހަގަ ކުރެއްވިއެވެ. އަދި ޒުވާނުންގެ މި އެދުންތަކުގެ މައިގަނޑު އަސާސަކީ ޖައްވަށް ދޫކުރާ ވިހަ ގޭސްތައް މަދުކުރުމަށް އަވަސް ފިޔަވަޅުތަކެއް އަޅައިދިނުމަށާއި އެކަމަށް ބޭނުންވާ ވަސީލަތްތަކާއި އެޑަޕްޓޭޝަނަށް ބޭނުންވާ ފައިސާ ލިބޭގޮތަށް އޮތުމާއި އަދި މި ބަދަލުވާ މަރުޙަލާ ވީހާވެސް އޮމާންކަމާއި ހަމަހަމަކަމާއެކު ކުރިޔަށްދާގޮތަށް އޮތުމާއެކު ޚާއްޞަކޮށް ކޮޕް-26އަށް ތައްޔާރުވަމުންދާއިރު މިވާހަކަތައް އިއްވައިދިނުން ކަމަށް ވިދާޅުވިއެވެ. ހަމައެހެންމެ، މޫސުމަށް އަންނަ ބަދަލުތަކަށް އަޅާފިޔަވަޅުތަކާއި ނިންމުންތައް ނިންމުމަށް ބާއްވާ މަޝްވަރާތަކުގެ އެންމެ ކުރީސަފުން ޕޮލިސީ މޭކަރުން ފަދަ މުހިންމު މަސްޢޫލިއްޔަތުތައް ޒުވާނުން އަދާކުރަންޖެހޭކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
ޞަބްރާ ވަނީ ސަރުކާރުން ކުރިޔަށްގެންދާ އެއްފަހަރު ބޭނުންކޮށްފައި އުކާލާޒާތުގެ ޕްލާސްޓިކް ބޭނުންކުރުން ހުއްޓާލުމާގުޅޭ ޕްލޭނުން މިސާލު ޖައްސަވަމުން، މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުންތައް ކުޑަކުރުމަށް ޕޮލިސީތައް އެކުލަވާލުމުގެ މަސައްކަތްތައް ކުރަމުންދާއިރު ހޭލުންތެރިކަން އިތުރުކުރުމުގެ މަސައްކަތްވެސް ހުއްޓުމެއްނެތި ކުރިޔަށްގެންދިއުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.
ދުނިޔޭގެ އެހެން ޤައުމުތަކާ އަޅާބަލާއިރު ރާއްޖެއިން ޖައްވަށް ބޭރުކުރާ ވިހަ ގޭސްތަކުގެ މިންވަރަކީ ކުޑަމިންވަރެއްކަމުން ރާއްޖެއިން ބޭނުންކުރާ ހަކަތައަކީ އިޢާދަކުރަނިވި ހަކަތަ ކަމުގައި ހެދިއްޖެނަމަ ވިލުންވެރިކަން އެ ބިނާކުރެވިގެން ދަނީ ކުރިޔަށްއޮތް އެތައް އަހަރަކަށްކަންވެސް ޞަބްރާ ފާހަގަކުރެއްވިއެވެ.
ކިޔުންތެރިންގެ ހިޔާލު