ދިވެހިރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ އާ ކޯޗަކަށް، އިޓަލީގެ މަޝްހޫރު އިންޓަމިލާނަށް ކުޅުނު ފްރެންޗެސްކޯ މޮރިއޭރޯ ހަމަޖައްސަން އެފްއޭއެމުން ނިންމައިފިކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.
ޤައުމީ ޓީމުގެ ކޯޗަކަށް ބްރެޒިލްގެ މަޝްހޫރު ރޮނާލްޑޯއާ އެއްކޮށްވެސް ކުޅުނު ފްރެންޗެސްކޯ މޮރިއޭރޯ ހަމަޖައްސަން ނިންމާފައިވާކަން ރާއްޖޭގެ މީޑިއާތަކުގެ އިތުރުން އިޓަލީގެ މީޑިއާތަކުންވެސް ވަނީ ރިޕޯޓްކޮށްފައެވެ.
މޮރިއޭރޯއަކީ އިޓަލީ ޤައުމީ ޓީމުގެ އިތުރުން، އިޓަލީގެ ރޯމާއާއި ނަޕޯލީ، އިންޓަރ މިލާނަށްވެސް ފުޓްބޯޅަ ކުޅުނު ކުޅުންތެރިއެކެވެ.
ޚަބަރުތައް ބުނާގޮތުން އޭނާ ރާއްޖޭގެ ޤައުމީ ޓީމާއި ހަވާލުވާނީ އެއް އަހަރުދުވަހުގެ މުއްދަތަށެވެ.
ކޯޗެއްގެ ގޮތުގައި މޮރިއޭރޯ 52އ، އެންމެ ފަހުން މަސައްކަތް ކުރީ އަލްބޭނިއާގެ ޑައިނަމޯ ޓިރަނާގައެވެ. މީގެއިތުރުން އެފްރިކާއާއި އިޓަލީގެ ބައެއް އާދައިގެ ކްލަބްތަކުގެ ކޯޗެއްގެ ގޮތިގައިވެސް އޭނާ މަސައްކަތްކޮށްފައިވެއެވެ.
ރާއްޖޭގެ ޤައުމީ ޓީމަށް އާ ކޯޗެއް ހަމަޖައްސަން މަސައްކަތްކުރާއިރު މޮރިއޭރޯ އަކީ ދިވެހި ގައުމީ ޓީމާ މިއަހަރު ހަވާލުވާ 3 ވަނަ ކޯޗެވެ. އެންމެފަހުން ކޯޗަކަށް ހަމަޖެއްސި އަލީ ސުޒައިނާއެކު ޓީމަށް މާބޮޑު ކާމިޔާބެއް ނުލިބުނެވެ.
ދިވެހި ޓީމު ދެން އެންމެ އަވަހަށް ވާދަކުރާނީ އަންނަމަހު ލަންކާގައި ބާއްވާ، މަހިންދަ ރާޖަޕަކްސަ އިންޓަނޭޝަނަލް މުބާރާތުގައެވެ. އެ މުބާރާތުގައި ރާއްޖެ އާއި ލަންކާގެ އިތުރުން ދެން ވާދަކުރަނީ ބަންގްލަދޭޝާއި ޝީޝެލްސްއެވެ.

ކިޔުންތެރިންގެ ހިޔާލު