އަހުމަދު މަސްނޫމް   21 އޮކްޓޯބަރު 2021 - 16:40
އަރިއަތޮޅު އުތުރުބުރީ މަތިވެރިއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަން ހައްލުކުރުމަށް އެރަށު ބިންހިއްކުމުގެ މަޝްރޫޢު އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި ހިމަނުއްވާނޭކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ އއ. މަތިވެރީ ރައްޔިތުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ވިދާޅުވީ، މަތިވެރި ފަދަ ރަށްރަށަށް ދިމާވެފައިވާ ބިމުގެ ދަތިކަން ހައްލުކުރުމަށް ވީވަޢުދުތަކާއެކު ބިންޙިއްކުން ވީހާވެސް އަވަސްކުރުމަށް އެމްޓީސީސީގެ ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތް މިހާރު ކުރަމުންގެންދާކަމަށާއި، އެކަމުގައި ސަރުކާރުން އެހީތެރިވެދޭނެކަމަށެވެ. އަދި އެމްޓީސީސީގެ މަސައްކަތްތައް ހަލުއިވެގެން ދިއުމުން ބިންހިއްކުމުގެ މަޝްރޫޢޫތައް އަވަސްވެ، ބިން ހިއްކުމުގެ ވަޢުދުތައް ކުރިއަށްއޮތް 2 އަހަރުގެ ތެރޭގައި ނިންމާލެވޭނެކަމަށް ރައީސް ވިދާޅުވިއެވެ.



މަތިވެރީގެ ސިއްޙީ މަރުކަޒަށް ދިމާވެފައިވާ މައްސަލަތައް ޙައްލުކުރުމަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން އެމަރުކަޒު ބޮޑުކުރެވޭނެ ކަމަށާއި، އެތަނުގައި މިހާރު ޚިދުމަތްދޭ ވަގުތު އިތުރުކުރުމުގެ ކަންކަން ހެލްތު މިނިސްޓްރީއާ ގުޅިގެން ކުރައްވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މިބައްދަލުކުރެއްވުމުގައި ރައްޔިތުންގެ ފަރާތުން ވަނީ އެރަށުގައި އައު މިސްކިތެއް ބިނާކުރުމާއި، ފަތުރުވެރިކަމުގެ ދާއިރާގެ ބިންތަކާއި ރަށް ކައިރި އޮންނަ ފިނޮޅާއި ގުޅޭގޮތުން ހުރި ކަންބޮޑުވުންތައް ހިއްސާކޮށްފައެވެ. އަދި ރަށްރަށުގެ ވިޔަފާރިތަކުގެ ކަރަންޓް ބިލް މާލެއަށްވުރެ ބޮޑު މައްސަލައާއި ގުޅިގެން މަތިވެރިންވެސް ފާޅުކުރި ކަންބޮޑުވުންތަކަށް ހައްލުހޯދުމަށް ފެނަކައާ ސްޓެލްކޯއާއެކު މަޝްވަރާކޮށް ލުއިތަކެއް ހޯއްދަވައިދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު