އއ. ބޮޑުފުޅަދޫގައި ސަރުކާރުން އިމާރާތްކުރި މިސްކިތް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ރަސްމީކޮށް މިއަދު ހުޅުވައިދެއްވައިފިއެވެ.
ރައީސް ސާލިހު މި މިސްކިތް ހުޅުވައިދެއްވީ އެމަނިކުފާނު މިހާރު އއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އއ. ބޮޑުފުޅަދޫއަށް ކުރެއްވި ޒިޔާރަތުގައެވެ.
އއ. ބޮޑުފުޅަދޫގައި ސަރުކާރުން އިމާރާތްކުރި މިސްކިތް އިމާރާތްކޮށްފައިވަނީ މާރިސް ކޮންސްޓްރަކްޝަނާ ހަވާލުކޮށްގެނެވެ.
މިސްކިތް އިމާރާތްކުރަން މާރިސް ކުންފުންޏާ ހަވާލުކުރީ 2019 ވަނަ އަހަރު، 4،322،324.94 ރުފިޔާއަށެވެ.
ބޮޑުފުޅަދޫގައި އިމާރާތްކުރި އެމިސްކިތަކީ ރައީސް ސޯލިހުގެ ވައުދުފުޅުގެ ތެރޭގައި ހިމެނިގެން އިމާރާތް ކުރި މިސްކިތެކެވެ.
މިސްކިތް އިމާރާތް ކުރުމުގައި ރައިސް ސޯލިހު ބައްލަވާފައިވަނީ އެންމެ ބޮޑަށް ދަތިވެފައިވާ ރަށްރަށުގައި މިސްކިތް އިމާރާތް ކުރުމަށްކަމަށް ސަރުކާރުން ބުނެއެވެ.

President @ibusolih officially inaugurates the new mosque developed in AA. Bodufolhudhoo. The project to develop the mosque, with a capacity of 300, commenced in July 2019 and was completed this September. pic.twitter.com/p7Q1GldE7c
— Mabrook Azeez (@MvSpokesperson) October 21, 2021
މިސްކިތް އިމާރާތްކުރަން މާރިސް ކުންފުންޏާ ހަވާލުކުރީ 2019 ވަނަ އަހަރު، 4،322،324.94 ރުފިޔާއަށެވެ.
ބޮޑުފުޅަދޫގައި އިމާރާތްކުރި އެމިސްކިތަކީ ރައީސް ސޯލިހުގެ ވައުދުފުޅުގެ ތެރޭގައި ހިމެނިގެން އިމާރާތް ކުރި މިސްކިތެކެވެ.
މިސްކިތް އިމާރާތް ކުރުމުގައި ރައިސް ސޯލިހު ބައްލަވާފައިވަނީ އެންމެ ބޮޑަށް ދަތިވެފައިވާ ރަށްރަށުގައި މިސްކިތް އިމާރާތް ކުރުމަށްކަމަށް ސަރުކާރުން ބުނެއެވެ.
ކިޔުންތެރިންގެ ހިޔާލު