އަރިއަތޮޅު އުތުރުބުރީ ހިމަންދޫގައި ސަރުކާރުން ތަރައްޤީކޮށްފައިވާ ބަނދަރު ރަސްމީކޮށް ހުޅުވައިފިއެވެ.
ހިމަންދޫގައި މިއަދު ހަވީރު ބޭއްވި ރަސްމިިއްޔާތެއްގައި އެ ބަނދަރު ރަސްމީކޮށް ހުޅުއްވައިދެއްވީ ރައީސް އިބްރާހިމް މުހަންމަދު ސާލިހެވެ. ހިމަންދޫ ބަނދަރު ރައީސް ހުޅުއްވައިދެއްވުމަށްފަހު ޕްލޭނިން މިނިސްޓަރ މުޙައްމަދު އަސްލަމްވަނީ އެރަށު ކައުންސިލާ ބަނދަރު ރަސްމީކޮށް ހަވާލުކުރައްވާފައެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހަންމަދު ސާލިހު ވިދާޅުވީ، ރިޔާސީ އިންތިޚާބުގެ ކެމްޕޭން ތެރޭގައި އެމަނިކުފާނު ހިމަންދޫއަށް ކުރެއްވި ދަތުރުފުޅުގައި އެރަށުން ހުށައެޅި އެންމެ މުހިންމު ކަމަކީ ބަނދަރުގެ މައްސަލަ ކަމަށެވެ. އެގޮތުން މިއަދު އެބަނދަރުގެ މަސައްކަތް ނިމި ބަނދަރުގެ ބޭނުން ރައްޔިތުންނަށް ހިފޭގޮތް ވެފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
"ބަނދަރު މިއޮތީ ރައްޔިތުން ބޭނުންވިގޮތަށް އިރާދަކުރެއްވިއްޔާ އެކަން ކޮށްދީ ނިމިފައި. މިކަމުގައި އެމްޓީސީސީއިން ކޮށްދިން ބުރަ މަސައްކަތް، މި ދަތި އުނދަގޫ ދުވަސްވަރުގައި މެދުނުކެނޑި އެ ކުރެއްވި މަސައްކަތް އަޅުގަނޑު ފާހަގަކޮށް، އެމް.ޓީ.ސީ.ސީ.ގެ ސީ.އީ.އޯ.އަށާއި، މަސައްކަތުގައި ބައިވެރިވި ހުރިހާ ފަރާތްތަކަށް ސަރުކާރުގެ ނަމުގަޔާއި، މި ރަށުގެ ރައްޔިތުންގެ ނަމުގައި އަޅުގަނޑު ޝުކުރު އަދާކުރަން." ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ހިމަންދޫގެ ތަރައްޤީއަށްޓަކައި ސަރުކާރުން މިހާރު ވެސް ވަރަށްގިނަ ކަންތައްތަކެއް ކުރަމުންދާ ކަމަށެވެ.
"ކުޑަކުދިންގެ ޕާކާއި، އައުޓް ޑޯ ޖިމާއި، ފުޓްބޯޅަ ދަނޑުގެ މަސައްކަތް ކުރިއަށް އެބަދޭ. އަދި އޭގެއިތުރުން، މި ރަށުގެ ފެނާއި ނަރުދަމާގެ ނިޒާމު ޤާއިމު ކުރުމަށްޓަކައި އެމް.ޑަބްލިޔު.އެސް.ސީ.އާ ހަވާލުކޮށް، އެ މަސައްކަތް ފެށުމަށް މިހާރު ތައްޔާރުވަމުން އެދަނީ. ސްކޫލްގެ 12 ކްލާހުގެ އިމާރާތާއި، މަލްޓި-ޕަރޕަސް ހޯލް މިހާރުވަނީ މަސައްކަތް ފެށުމުގެ ހިސާބުގައި." ހިމަންދޫގެ ތަރައްގީއަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ފާހަގަކުރައްވައި ރައީސް ސާލިހު ވިދާޅުވިއެވެ.
ރައީސް ސާލިހު ވިދާޅުވީ ހިމަންދޫފައި ލެބޯރެޓަރީއެއް ޤާއިމުކޮށް، ރަށުގައި ދެވޭ ޞިއްޙީ ޚިދުމަތް މިހާރަށްވުރެ ފުޅާކޮށް، ރައްޔިތުންނަށް ރަށުން ލިބޭނެގޮތް ހަައްދަވައިދެއްވާނެ ކަަމަށެވެ.
ދަޢުލަތުގެ ބަޖެޓުން 47.1 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހިމަންދޫ ބަނދަރު ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް އެމް.ޓީ.ސީ.ސީން ފަށާފައިވަނީ 2019ވަނަ އަހަރުގެ އޭޕްރީލް މަހު އެވެ.
އެމްޓީސީސީއިން ވަނީ މި މަޝްރޫޢުގެ ދަށުން އަށާވީސް ހާސް އަކަ މީޓަރުގެ ސަރަޙައްދެއް ހިއްކައި 372 މީޓަރުގެ އެއްގަމު ތޮށްޓަކާއި، 405 މީޓަރުގެ ބޭރު ތޮށްޓެއް ލާފައެެވެ. އަދި 141 މީޓަރުގެ ރިވެޓްމަންޓް ޖަހައި އެއްގަމު ތޮށްޓާއި ބޭރު ތޮށި ގުޅުވާލުމަށް ފާލަމެއް ހެދުމުގެ އިތުރުން، ބާޖުތަކަށް ފަސޭހައިން ބަނދަރާއި ގާތްކުރެވޭގޮތަށް ރޭމްޕެއްވެސް ހަދާފައިވާ ކަމަށް އެމްޓީސީސީ އިން ހާމަކުރެއެެވެ. މީގެ އިތުރުން، 3 މީޓަރު ފުޅާ ކޮންކްރީޓް ފާލަމެއް ތަރައްޤީކޮށް، ބަނދަރާއި އިންވެގެން 1750 މީޓަރު ދިގު ދުވާރަކާއި މަގެއް ތަރައްޤީކޮށް، މަގު ބައްތި ޖެހުމުގެ މަސައްކަތްވެސް ވަނީ ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު