ދޫނިތައް ހިޖުރާ ކުރާ މޫސުމާއި ދިމާކޮށް ރާއްޖެއަށް ހިޖުރަ ކުރި ގުޑުގުޑާ ދޫނި (ފްލެމިންގޯ) ތަކުގެ ތެރެއިން ބައެއް ދޫނި ހިފައިގެން، ވިއްކަން މަސައްކަތްކުރި މީހާ މިހާރު ހޯދާފައިވާކަމަށް އެންވަޔަރްމެންޓް ޕްރޮޓެކްޝަން އެޖެންސީ، އީޕީއޭއިން މިއަދު ބުނެފިއެވެ.
ރާއްޖެއަށް ހިޖުރަ ކުރި ފްލެމިންގޯއެއް ހިފައިގެން އެ ދޫނި ވިއްކަން މީސްމީޑިއާގައި މީހަކު އުޅުނު މައްސަލައެއް ދާދިފަހުން ވަނީ ފެންމަތިވެފައެވެ. އެ ދޫނި ވިއްކަން ޖަހާފައި ވަނީ 30،000ރ އަށެވެ. މިކަމާ ގުޅިގެން އީޕީއޭއިން ފުލުހުންނާއި ގުޅިގެން އެ ދޫންޏާއި، އެ ދޫނި ހިފި މީހުން ހޯދުމުގެ މަސައްކަތް ވަނީ ކޮށްފައެވެ.
އެގޮތުން އެ ދޫންޏާއި، އެ ދޫނި ހިފި މީހުން މިއަދު ވަނީ ހޯދާފައިކަމަށް އީޕީއޭއިން ވަނީ ބުނެފައެވެ. އެގޮތުން މިކަން ހާމަކޮށް އީޕީއޭއިން ބުނެފައިވަނީ އެ ދޫނި ހޯދާފައިވަނީ ހއ. ބާރަށުން ކަމަށާއި، އެ ދޫނި ފެނުނުއިރު ވަނީ އެ ދޫންޏަށް އުދުހި ނޫޅެވޭ ވަރަށް ފިޔަކޮށާލާފައިކަމަށެވެ.
އީޕީއޭއިން ބުނީ އެހެން ދޫނިތަކާއެކު އެ ދޫންޏަށް އުދުހި، ހިޖުރަ ނުކުރެވޭނެ ކަމަށް ނިންމައި އީޕީއޭއިން ވަނީ އެ ދޫނި މިހާރު ހިމާޔަތްކޮށްފައި ކަމަށެވެ.
ހިމާޔަތްކޮށްފައިވާ ދޫނި ހިފާ އަދި އެތަކެތި ގަނެވިއްކުމުގެ ވިޔަފާރި ކުރަމުންދާ މީހުން ޖޫރިމަނާކޮށް އަޅަން ޖެހޭ ފިޔަވަޅު އަޅާނެ ކަމަށްވެސް އީޕީއޭއިން ވަނީ ބުނެފައެވެ.

An illegally captured flamingo kept in HA. Baarah has been seized and brought under the protection of @PoliceMv.
— EPA Maldives (@EPAMaldives) October 21, 2021
Unfortunately, the flamingo was found with clipped wings, and is no longer able to fly away and continue the migratory journey with the rest of the flock.
1/4
އީޕީއޭއިން ބުނީ އެހެން ދޫނިތަކާއެކު އެ ދޫންޏަށް އުދުހި، ހިޖުރަ ނުކުރެވޭނެ ކަމަށް ނިންމައި އީޕީއޭއިން ވަނީ އެ ދޫނި މިހާރު ހިމާޔަތްކޮށްފައި ކަމަށެވެ.
ހިމާޔަތްކޮށްފައިވާ ދޫނި ހިފާ އަދި އެތަކެތި ގަނެވިއްކުމުގެ ވިޔަފާރި ކުރަމުންދާ މީހުން ޖޫރިމަނާކޮށް އަޅަން ޖެހޭ ފިޔަވަޅު އަޅާނެ ކަމަށްވެސް އީޕީއޭއިން ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ހިޔާލު