ދޫނިދޫ ޖަލުގައި ގައިދީން އެއްވެސް ހަމަނުޖެހުމެއްް ނުހިންގާކަމަށާއި ނަމަވެސް ބައެއް ގައިދީން ހިތްހަމަނުޖެހުން ފާޅުކުރަމުންދާ ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.

ފުލުހުންގެ އިދާރާއިން ބުނީ ދޫނިދޫގައި ހިތަހަމަ ނުޖެހުން ފާޅުކުރަމުންދަނީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބަންދުގައި ތިބެން ޖެހޭ ބަޔަކު ފުލުހުންގެ ބެލުމުގެ ދޮށުގައި ދޫނިދޫ ކަސްޓޯޑިއަލްގައި ތިބެން ޖެހުމުން އެކަމާ ހިތްހަމަ ނުޖެހިގެން ކަމަށެވެ.

އެމީހުންގެ ތެރެއިން ބައެއް މީހުން އެކަމާއި ހިތްހަމަ ނުޖެހުން ފާޅުކުރަމުންދިޔަ ނަމަވެސް އެއްވެސް ހަަމަނުޖެހުމެއް ޖަލުގައި ނުހިނގާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އަދި ދޫނިދޫގެ ކަސްޓޯޑިއަލް އޮތީ އާންމު ހާލަތުގައި ކަމަށް ފުލުހުން ހާމަކުރެއެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން