ފިލްމީ ތަރި އަނަންނިޔާ ޕާންޑޭ އާއި ސުވާލު ކުރުމަށް އެންސީބީގެ ދަށަށް ގެންދަނީ.
ފިލްމީ ތަރި އަނަންނިޔާ ޕާންޑޭ އާއި ސުވާލު ކުރުމަށް އެންސީބީގެ ދަށަށް ގެންދަނީ.
އިންޑިއާގެ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ) އިން ބަލަމުންދާ ޑްރަގްގެ މައްސަލަ އަކާއި ގުޅިގެން ބޮލީވުޑްގައި ކުރިއަރަމުން އަންނަ ފިލްމީ ތަރި އަނަންނިޔާ ޕާންޑޭއާއި ސުވާލުކޮށްފިއެވެ.

އަނަންނިޔާ ޕާންޑޭއާއި ސުވާލުކޮށްފައިވަނީ މިފަހަކުން އެންސީބީ އިން ޑްރަގް ރެއިޑްއަކަށް ފަހު ޝާހްރުކް ޚާނާއި ގޯރީ ޚާންގެ ދަރިފުޅު، އާރްޔަން ޚާން ހައްޔަރުކުރި މައްސަލައާއި ގުޅިގެންކަމަށް އިންޑިއާގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ. މިގޮތުން އަނަންނިޔާ ޕާންޑޭއާއި ސުވާލުކޮށްފައިވަނީ އާރްޔަން ޚާން އަދި އަނަންނިޔާ ޕާންޑޭއާއި ދެމެދު ވަޓްސްއެޕް މެދުވެރިކޮށް ކުރެވިފައިވާ މުއާމަލާތްތަކަކާއި ގުޅިގެންކަމަށްވެއެވެ.

މިއަށްފަހު އެންސީބީ އިން ވަނީ އާރްޔަން ޚާން އަދި އަނަންނިޔާ ޕާންޑޭގެ ހުރިހާ މުއާސަލާތީ ވަސީލަތްތަކެއް އެންސީބީގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.



ކްރޫޒް ޝިޕެއްގައި ކުރިއަށްދިޔަ ޑްރަގް ރެއިޑްއަކަށް ފަހު އާރްޔަން ޚާން، އެންސީބީގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ މިހިނގާ އޮކްޓޯބަރމަހުގެ ތިންވަނަ ދުވަހުއެވެ. އެންސީބީއިން ހިންގި މި އޮޕަރޭޝަންގައި އާރްޔާން ޚާންގެ އިތުރުން ޖުމްލަ 17 މީހަކު ހައްޔަރުކޮށްފައިވެއެވެ.

ނަމަވެސް މިމައްސަލައިގައި އާރްޔަން ޚާނާއި ދެކޮޅަށް އެއްވެސް ހެއްކެއް އަދި ލިބިފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު


10

ދައިތަ

23-Oct-2021

އިންޑިއާ މީހުންގެ ކިބައިން މަސްތުވާ ތަކެތީގެ ވިޔަފާރި ދަސްކޮށްގެން މިރާއްޖެވެސް މިއޮއް ހަލާކުވަނީ.



ޓްރެންޑިން