އަޔަރލޭންޑްގެ ރައްޔިތަކު އޭނާ ވަޒީފާ އަދާކުރާ އޮފީސްތެރެއަށް މީދާތަކެއް ދޫކޮށްލި މައްސަލައެއްގައި ހައްޔަރުކޮށްފިއެވެ.

މިމައްސަލައިގައި ހައްޔަރުކޮށްފައިވާ އުމުރުން 61 އަހަރުގެ ޖޯން އޯ ނެއިލް ހާމަކޮށްފައިވާގޮތުގައި، އޮފީސްތެރެއަށް 2 މީދާ ދޫކޮށްލާފައިވަނީ މެނޭޖްމެންޓުން އޭނާ އާއި މެދު ކަންތައް ކުރަމުންދާ ގޮތާމެދު ހިތްހަމަނުޖެހިގެންނެވެ. އޮފީސްތެރެއަށް މީދާ ދޫކޮށްލާފައިވަނީ އޮފީސް ނިމޭގަޑިއާ ދިމާކޮށް އޮފީސްތެރެ ހުސްވުމުންކަމަށް ސީސީޓީވީ ފޫޓޭޖުން ފެންނަކަމަށް މިމައްސަލަ ބެލި ގާޒީ ކޯޓުގައި ހާމަކޮށްފައިވެއެވެ.

މިހާދިސާއާއި ގުޅިގެން މީދާތަކުގެ ސަބަބުން އޮފީހަށް ލިބުނު ގެއްލުމުހެ ބަދަލުގައި 3000 ޔޫރޯ ދެއްކުމަށް ޖޯންގެ މައްޗަށް ހުކުމް ކޮށްފައިވެއެވެ.

އަދި މިމައްސަލަ ބެލި ގާޒީ ވަނީ، މެނޭޖްމެންޓުން ޖޯން އާއި މެދު ކަންތައް ކުރަމުންދާ ގޮތާމެދު ހިތްހަމަނުޖެހުނަސް، އަދި ވަޒީފާއާއި ގުޅުންހުރި ކަންކަމުގައި ސްޓްރެސްވާނަމަވެސް މީދާތަކެއް އޮފީސްތެރެއަށް ދޫކޮށްލުމުގެ ބަދަލުގައި ކުރެވިދާނެ ކަންކަމަށް ސަމާލުވުމަށް ޖޯނަށް ނަސޭހަތްތެރިވެފައެވެ.


ކިޔުންތެރިންގެ ހިޔާލު


2

މީދާ

23-Oct-2021

ރާއްޖޭގެ މަޖިލީހުގަވެސް އުޅޭނެ ތިހެން ދޫވެފަ ތިބި މީދާ ތަކެއް. ހިފާ ހައްޔަރު ކުރަންވީ ހަމަ.



ޓްރެންޑިން