އިނގިރޭސިފިލްމު ރެޑް ނޯޓިސް އަކީ ނެޓްފްލިކްސްއިން މިހާތަނަށް އުފެއްދި އެންމެ އަގުބޮޑު އަދި އެންމެ ބޮޑު ފިލްމަށް ވެގެންދާނެކަމަށް ނެޓްފްލިކްސް އިން ހާމަކޮށްފިއެވެ.

ރެޑް ނޯޓިސް ފިލްމަކީ އެފްބީއައި އޭޖެންޓުންތަކެއް ވަގަކު ހިފުމަށް ކުރާ މަސައްކަތް ދައްކުވައިދޭ ފިލްމެކެވެ. މިފިލްމުގެ ލީޑުން ފެނިގެންދާނީ މަޝްހޫރު ފިލްމީތަރިންކަމަަށްވާ ޑްވޭން ޖޯންސަން، ރަޔަން ރޭނޯލްޑްސް އަދި ވޮންޑަރ ވުމަންގެ ގޮތުގައި ގިނަބައެއްގެ މަގުބޫލުކަމެއް ލިބިފައިވާ ގަލްގަޑޮޓްއެވެ.

މިފިލްމުގެ ޓްރެއިލަރ މިހާރު އާންމުކޮށްފައިވާއިރު، މިފިލްމަކީ އަގުބޮޑު ފިލްމެއްކަން ފިލްމުގެ ޓްރެއިލަރއިންވެސް ދައްކުވައިދޭކަމަށް އާންމުންގެ ގިނަބަޔަކު ވަނީ ފާހަގަކޮށްފައެވެ.

ރެޑް ނޯޓިސް ސިނަމާތަކުގައި ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހުގެ ފަސްވަނަ ދުވަހުއެވެ. އަދި ނޮވެމްބަރު މަހު 12 ވަނަ ދުވަހު ނެޓްފްލިކްސް އިން މިފިލްމު ރިލީޒްކުރުމަށް ވަނީ ހަމަޖެހިފައެވެ.




ކިޔުންތެރިންގެ ހިޔާލު


-4

ހޮލީވުޑް

23-Oct-2021

ރަޔާން ރެނޮލްޑްސް އަދި ޑްވޭންޖޯންސަން ވަރެއް ނެތް މިކަހަލަ ފިލްމު ތަކަށް. މައްސަލަ އަކީ އިޒްރާއީލަށް ސަޕޯޓު ކުރާ މީހަކު ދެން ތި ފިލްމުގަ ހިމެނޭތީ



ޓްރެންޑިން