އަހުމަދު މަސްނޫމް   22 އޮކްޓޯބަރު 2021 - 23:0
މާޅޮހު ބަނދަރު އަންނަ އަހަރަށް ނިމޭނެކަމަށް ލަފާ ކުރެވޭ ކަމުގައި އެ މަސައްކަތުގެ ކޮންޓްރެކްޓަރ އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރ އާދަމް އާޒިމް ވަނީ މާޅޮހު ބަނދަރު ހެދުމުގެ މަސައްކަތް ކުރިއަށްދާގޮތް ބައްލަވާލެއްވުމަށް މިދިޔަ ހަފްތާގައި އެރަށަށް ވަޑައިގެންފައެވެ.

މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށްފަހު ސީއީއޯ އާދަމް އާޒިމް ވިދާޅުވީ އެ ރަށުގެ ބަނދަރު ހެދުމުގެ މަޝްރޫޢު ކުރިއަށްގެންދިއުމުގައި ގިނަ ދަތިތަކެއް ކުރިމަތިވިކަމަށެވެ. އަދި މިހާރު ބަނދަރުގެ ޑިޒައިންނަށްވެސް ބޮޑު ބަދަލެއް ގެނެސްފައިވާކަމަށް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ މިމަހުގެ ތެރޭގައި މަސައްކަތް ކުރުމުގެ ހުއްދަ ލިބިއްޖެނަމަ ބަނދަރުގެ މަސައްކަތްތައް އަންނަ ހަރު ނިންމާލެވޭނެކަމަށެވެ. މިގޮތުން އަންނަ އަހަރުގެ އޯގަސްޓް ނުވަތަ ސެޕްޓެމްބަރުމަހުގެ ތެރޭގައި ބަނދަރުގެ ޚިދުމަތް ރައްޔިތުންނަށް ލިބެންފަށާނެކަމަށް އާޒިމް ވިދާޅުވިއެވެ.



މާޅޮހު ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން، 24,335 އަކަމީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 394 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށިލުމަށް ހަމަޖެހިފައިވެއެވެ. އަދި 100 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 407 މީޓަރުގެ ސަރަޙައްދެއްގައ ބޭރުތޮށި ލުމާއި، 56 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިންސް ޖެހުމަށްވެސް ހަމަޖެހިފައިވެއެވެ.

ޖުމުލަ 56.97 މިލިޔަން ރުފިޔާ ޚަރަދުކޮށްގެން ހަދާ މި ބަނދަރުގައި، 1970 އަކަމީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއި، ރޭމްޕެއް ހެދުމާއި، މަގުބައްތި ހަރުކުރުމާއި ނެރުބައްތި ހަރުކުރުމުގެ މަސައްކަތްވެސް ކުރުމަށް ވަނީ ނިންމާފައެވެ.

އެމްޓީސީސީއަކީ ރައީސް ޞާލިހުގެ ވަޢުދު ތަކުގެ ތެރެއިން ރަށްރަށުގެ ތެރައްގީއާއި ގުޅޭ އެންމެ ގިނަ އުމުރާނީ މަސައްކަތްތައް ކުރަމުން ގެންދާ ކުންފުންޏެވެ. އެންމެ ފަހުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު އަރިއަތޮޅު އުތުރުބުރިއަށް ކުރެއްވި ޒިޔާރަތުގައި ވެސް ވަނީ ޚާއްޞަކޮށް އެމްޓީސީސީގެ މަސައްކަތްތައް ފާހަގަ ކުރަށްވައި އަދި އެމްޓީސީސީއާއި ހަވާލުކުރެވޭ މަސައްކަތްތައް މެނޭޖިންގ ޑިރެކްޓަރ އާދަމް އާޒިމުގެ މޭސްތިރިކަމުގެ ދަށުން ބަރާބަރަށް ނިންމަމުން ގެންދާނެ ކަމުގެ ފުރިހަމަ އިތުބާރާއި ޔަގީންކަން އޮތްކަން ހާމަކުރަށްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން