ކުރީގެ ސަރުކާރުން ހިޔާ ފްލެޓްތަކަށް މަހަކު ދައްކަން ކަނޑައެޅި އަގަށް ފްލެޓްގެ ކުލި މިސަރުކާރުން ކަނޑައެޅިނަމަ އެޗްޑީސީއަށާއި ސަރުކާރަށް ލިބޭ މާލީ ގެއްލުން ވަރަށް ބޮޑުވާނެކަމަށް އޮޑިޓަރ ޖެނެރަލް ވިދާޅުވެއްޖެއެވެ.
އޮޑިޓަރ ޖެނެރަލް މިކަން ހާމަކުރެއްވީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައި ހިންގި 7000 ސޯޝަލް ހައުސިންގ ޔުނިޓު މަޝްރޫޢުގެ ހައުސިންގ ޔުނިޓަކަށް ޖެހޭ ޖުމްލަ އަގާއި މަހުންމަހަށް ދައްކަންޖެހޭ ޢަދަދު ހިސާބުކޮށްފައިވާ ގޮތް ބެލުމަށްފަހު، އޮޑިޓަރ ޖެނެރަލްގެ އޮފީހުން އެކުލަވާލި ރިޕޯޓުގައެވެ.
އޮޑިޓް ރިޕޯޓްގައި އެޗް.ޑީ.ސީން މި އަހަރު ކަނޑައެޅި 11000 ރުފިޔާގެ އަގާއި، ކުރީގެ ސަރުކާރުން ކަނޑައެޅި 6600 ރުފިޔާގެ ހިސާބާއި، މާލޭ ސިޓީގެ އައު ކައުންސިލުން ކަނޑައެޅި 5548 ރުފިޔާގެ ހިސާބުގެ އިތުރުން މި ސަރުކާރުން ކަނޑައަޅާފައިވާ 8500 ރުފިޔާއަށް ކުލި ނުވަތަ މަހަކު ދައްކަން ޖެހޭ މިންވަރު ކަނޑައެޅުމުގައި ގެންގުޅެފައިވާ އަސާސްތައް ވަނީ ދިރާސާކޮށްފައެވެ.
މި ރިޕޯޓުގައިވާ ގޮތުން 6600 ރުފިޔާއާއި 6500 ރުފިޔާއަށް ޔުނިޓުތައް ވިއްކައިފިނަމަ، 25 އަހަރުގެ މުއްދަތަކަށް ބަލާނަމަ، ގާތްގަނޑަކަށް ނުވަ ބިލިއަން ދުއިސައްތަ ނުވަ މިލިއަން ނުވަ ލައްކަ ހަތްދިހަ އެއް ހާސް ފައްސަތޭކަ ތިރީސް ދެ ރުފިޔާގެ ދަރަނި އަރާނެއެވެ.
އަދި މިހާރު ކަނޑައަޅާފައިވާ 8500 ރުފިޔާއަށް ޔުނިޓުތައް ވިއްކައިފިނަމަ، 25 އަހަރުގެ މުއްދަތަކަށް ބަލާނަމަ، އެއްވެސް ޑީފޯލްޓެއް ނެތި، ހުރިހާ ޔުނިޓުތަކުން ޖުމްލަ ލިބޭނެކަމަށް އަންދާޒާކުރާ ފައިސާއިން ކުރަންޖެހޭ ޚަރަދުތައް ކެނޑުމުން ނެޓް-ކޭޝްފްލޯގެ ގޮތުގައި އަރާނީ 138 މިލިއަން ރުފިޔާގެ ދަރަންޏެއްކަމަށްވެސް އޮޑިޓަރ ޖެނަރަލް ވަނީ އަންދާޒާ ކޮށްފައެވެ.
މި ރިޕޯޓުގައިވާ ގޮތުން އެޗްޑީސީގެ ހިސާބަކީ އެ ކުންފުނިން މި މަޝްރޫޢަށް ނަގާފައިވާ ލޯނުތަކާއި، މަޝްރޫޢާ ގުޅުންހުރި އެހެނިހެން ކަންކަމަށް ކުރަންޖެހޭ ޚަރަދުތަކަށް ރިޢާޔަތްކޮށް، ހަދާފައިވާ ހިސާބެއްކަމަށް ބުނެފައިވެއެވެ. އަދި އެ އަގަށްވުރެ ކުޑަ އަގެއްގައި ޔުނިޓުތައް ސަބްސިޑައިޒްކޮށްގެން ވިއްކާނަމަ، ކުންފުންޏަށް މާލީ ގޮތުން ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެކަމަށް އޮޑިޓަރ ޖެނަރަލްވަނީ ލަފާކޮށްފައެވެ.
އޮޑިޓަރ ޖެނެރަލްގެ ރިޕޯޓްގައިވާ ގޮތުން މިފަދަ މަޝްރޫޢުތަކުގެ އަގު ކަނޑައެޅުމުގައި ޢާންމުކޮށް ބޭނުންކުރާ އީ.އެމް.އައި މެތަޑް ބޭނުންކުރިނަމަ 2018 ވަނަ އަހަރު ކަނޑައަޅާފައި އޮންނަންވާނެ ސައްޙަ އަގަކީ ހައުސިން ޔުނިޓަކަށް މަހަކަށް 10،419 ރުފިޔާ ކަން ފާހަގަކޮށްފައި ވެއެވެ.
ހިޔާ މަޝްރޫޢުގެ ހައުސިންގ ޔުނިޓަކަށް މެއިންޓަނަންސް ފީގެ ގޮތުގައި ނަގާ 1000 ރުފިޔާއާއެކު މިހާރު ޖުމްލަ ނަގަނީ މަހަކު 8500 ރުފިޔާއެވެ. މިއީ ސަރުކާރުން މިއަހަރުގެ އޭޕްރީމް މަހުގެތެރޭގައި ކަނޑައެޅި މިންވަރެވެ.

ކިޔުންތެރިންގެ ހިޔާލު