މިދިޔަ ހޮނިހިރު ދުވަހު މާލެއިން ފުރައިގެން ވ. ފުލިދޫއަށް ދަތުރު ކުރަނިކޮށް ލޯންޗަށް ޖެހި ރާޅައަކާއެކި ކަނޑަށް ވެއްޓި ގެއްލުނު ކުޑަ ކުއްޖާ ހޯދުމުގެ އޮޕަރޭޝަން މެދުކަަނޑާލައިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
އެމްއެންޑީއެފުން ބުނީ ލޯންޗު ބަންޑުން ޖަހާލި ހާދިސާއަށް ފަހު މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަން މެދުކަނޑާލުމާ ހަމައަށް 4،706 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައިވާ ކަމަށެވެ. ކުއްޖާ ހޯދުމަށް މިހާތަނަށް ކުރެވުނު މަސައްކަތުން އެ ކުއްޖާ ފެނިފައި ނުވާ ކަމަަށާއި އެހެންކަމުން ކުއްޖާ ހޯދުމުގެ އޮޕަރޭޝަން ވަގުތީ ގޮތުން މެދުކަނޑާލާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެ އެެވެ.
މިދިޔަ ހޮނިހިރު ދުވަހުގެ ކޮޅިގަނޑެއްގެ ތެރޭގައި ރާޅުގައި ޖެހި ލޯންޗުގައި ތިބި ބަޔަކު ކަނޑަށް ވެއްޓުނު ހާދިސާ ހިނގާ ދިޔައީ ކ. އޮޅުވެލި ރިސޯޓުގެ އިރުދެކުނު ބޭރުގައެވެ. މި ހާދިސާގައި ގެއްލިގެން ހޯދަމުންދާ އުމުރު ހަތަރު އަހަރުގެ ކުއްޖާގެ މަންމަ، މ. ގްރީން ޕީކު، މަރިޔަމް ނާހިދާ ވަނީ އެހާދިސާގައި ނިޔާވެފައެވެ. އެ ހާދިސާ ހިނގި ވަގުތު ލޯންޗުގައި 13 މީހަކު ދަތުރުކުރިއެެވެ. މި ހާދިސާގައި ލޯންޗުން ދަތުރުކުރި ބައެއް މީހުންނަށް ވަނީ އެކިވަރުގެ އަނިޔާވެފައެވެ.

Operation ongoing in search of the boy lost at sea during the incident near K.Olhuveli Resort is still without success. A total of 4706 nautical miles have been searched by air and sea. pic.twitter.com/5azcfNcJk4
— Maldives National Defence Force (@MNDF_Official) October 19, 2021
މިދިޔަ ހޮނިހިރު ދުވަހުގެ ކޮޅިގަނޑެއްގެ ތެރޭގައި ރާޅުގައި ޖެހި ލޯންޗުގައި ތިބި ބަޔަކު ކަނޑަށް ވެއްޓުނު ހާދިސާ ހިނގާ ދިޔައީ ކ. އޮޅުވެލި ރިސޯޓުގެ އިރުދެކުނު ބޭރުގައެވެ. މި ހާދިސާގައި ގެއްލިގެން ހޯދަމުންދާ އުމުރު ހަތަރު އަހަރުގެ ކުއްޖާގެ މަންމަ، މ. ގްރީން ޕީކު، މަރިޔަމް ނާހިދާ ވަނީ އެހާދިސާގައި ނިޔާވެފައެވެ. އެ ހާދިސާ ހިނގި ވަގުތު ލޯންޗުގައި 13 މީހަކު ދަތުރުކުރިއެެވެ. މި ހާދިސާގައި ލޯންޗުން ދަތުރުކުރި ބައެއް މީހުންނަށް ވަނީ އެކިވަރުގެ އަނިޔާވެފައެވެ.

JPN
ކިޔުންތެރިންގެ ހިޔާލު