ރައީސް އިބްރާހީމް މުޙައްމަދު ސާލިހު އިސްތިއުފާ ދެއްވުމަށާއި ރައީސް ޔާމިން މިނިވަން ކުރުމަށް ގޮވާލައި ކުޅުދުއްފުށީ ބޯޅަނދަޑު ކައިރީގައި ހުރި ގެއެއްގައި ދަމާފައިހުރި ބެނާއަކާއެކު ކުޅުދުއްފުށީގެ ޕީޕީއެމަށް ނިސްބަތްވާ މީހަކު މިއަދު ހައްޔަރުކޮށްފިއެވެ.
ޕީޕީއެމުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ފުލުހުން އޭނާ ހައްޔަރުކުރީ މިއަދު ހަވީރު ކަމަށެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ރައީސް ސޯލިހު މިއަދު ކުޅުދުއްފުށީ ފުޓްބޯޅަ ދަނޑު ހުޅުވުމުގެ ރަސްމިއްޔާތަށް ވަޑައިގެންނެވި ވަގުތު އޭނާގެ ގޭގައި، ރައީސް ޔާމީން މިނިވަން ކުރުމަށާއި، ރައީސް ސޯލިހް އިސްތިއުފާ ދިނުމަށާއި އަދި އިންޑިއާ މިލިޓަރީ ބޭރުކުރުމަށް ގޮވާލާފައިވާ ބެނާއެއް ހުރެގެން ކަމަށް ޕީޕީއެމުން ނެރުނު ބަޔާނުގައިވެއެވެ.
ފުލުހުން އެގެއަށް ވަދެ އޭނާ ހައްޔަރު ކޮށްފައިވަނީ ވަރަށް އަނިޔާވެރިކަމާއެކުގައި ކަމަށާއި އަދި ކޯޓު އަމުރަކާވެސް ނުލައި ކަމަށް އެޕާޓީން ބުނެ އެވެ. އެހެންކަމުން ފުލުހުންގެ އެއަމަލު ހަރުކަށި އިބާރާތުން ކުށްވެރި ކޮށް ނެރުނު ބަޔާނުގައި ޕީޕީއެމުން ވަނީ މުޖްތަބާ ވަގުތުން ދޫކޮށްލުމަށް ގޮވާލާފައެވެ.
މިކަމާއި ގުޅޭގޮތުން ފުލުހުންގެ ބަހެއް އަދި ނުލިބެއެވެ.
ހިޔާލު ފާޅުކުރުމާއި އެއްވެ އުޅުމުގެ މިނިވަންކަމަކީ ޤާނޫނޫ އަސާސީން ލިބިދީފައިވާ ހައްގުތަކެއްކަން ފާހަގަކޮށް އެބަޔާނުގައި ވަނީ ރައްޔިތުންގެ އެ ހައްގުތަކަށް އަރައިނުގަތުމަށާއި ޣައިރު ޤާނޫނީ އަމުރުތަކަށް ފުލުހުން ތަބާނުވުމަށް ގޮވާލާފައެވެ.
އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމަށް ނުޙައްޤުން ސަރުކާރުން ދެމުންދާ އަނިޔާތަކާ ދެކޮޅަށް ދިވެހި ރައްޔިތުން މިއަދު އަޑު އުފުލަމުންދާއިރު ނުފޫޒާ ގަދަބާރު ދައްކައިގެން މިސަރުކާރުން ހިންގަމުންދާ މިފަދަ ހުދުމުހުތާރު އަމަލުތަކަކީ ފެއިލްވެފައިވާ ނާގާބިލް ސަރުކާރެއްގެ ސިފަތަކެއް ކަމަށް ޕީޕީއެމުން ބުނެފައެި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު