އަހުމަދު މަސްނޫމް   24 އޮކްޓޯބަރު 2021 - 4:30
މިއަހަރުގެ ޒުވާނުންގެ އެވޯޑް 10 ޒުވާނަކަށް މިރޭ ދީފި އެވެ.

ޒުވާނުންގެ އެވޯޑް ދީފައިވަނީ ކުޅުދުއްފުށި ސިޓީގައި މިރޭ އޮތް ޒުވާނުންގެ ދުވަހުގެ ރަސްމީ ޖަލްސާގައެވެ. އެފަރާތްތަކަށް އެވޯޑް ހަވާލުކޮށްދެއްވީ ރައީސް އިބްރާހިމް މުހަންމަދު ސާލިޙެެވެ.

ޒުވާނުންގެ އެވޯޑް ނުވަ ދާއިރާއަކުން މިރޭ ވަނީ ދީފައެެވެ. އޭގެތެރޭގައި މަސްވެރިކަމުގެ ދާއިރާ އާއި ކުޅިވަރަށް ހިދުމަތް ކުރުމުގެ ދާއިރާއާއި ދަނޑުވެރި ކަމުގެ ދާއިރާއާއި ވިޔަފާރިއާއި އިގްތިސާދީ ދާއިރާއާއި ތިމާވެށި ހިމާޔަތް ކުރަން މަސައްކަތް ކުރުމުގެ ދާއިރާއާއި ޒުވާނުން ބާރުވެރި ކުރުވުމުގެ ދާއިރާއާއި ދަރުމައަަށް މަސައްކަތް ކުރުމުގެ ދާއިރާއާއި ދިވެހި ބަހާއި ސަގާފަތަަށް ހިދުމަތް ކުރުމުގެ ދާއިރާގެ އިތުރުން ފަންނުވެރި ކަމުގެ ދާއިރާއާއި ނުކުޅެދުންތެރިކަން ހުންނަ މީހުން ބާރުވެރި ކުރުމުގެ ދާއިރާ ހިމެނެއެވެ.

މިރޭ ޒުވާނުންގެ އެވޯޑް ލިބުނު 10 ޒުވާނުންނަކީ؛

މަސްވެރިކަމުގެ ދާއިރާ - އަބްދުﷲ ޔަމާން

ކުޅިވަރަށް ހިދުމަތް ކުރުމުގެ ދާއިރާ - އަހުމަދު އަބްދުލްކަރީމް

ދަނޑުވެރި ކަމުގެ ދާއިރާ - އަލީ ފަވާޒް

ވިޔަފާރިއާއި އިގްތިސާދީ ދާއިރާ - އަރުޝަދު އަހުމަދު

ތިމާވެށި ހިމާޔަތް ކުރަން މަސައްކަތް ކުރުމުގެ ދާއިރާ - އަފާ ހުސައިން

ޒުވާނުން ބާރުވެރި ކުރުވުމުގެ ދާއިރާ - ހަސަން ފަރުހާން

ދަރުމައަަށް މަސައްކަތް ކުރުމުގެ ދާއިރާ - އައިޝަތު ތޯއިފާ

ދިވެހި ބަހާއި ސަގާފަތަަށް ހިދުމަތް ކުރުމުގެ ދާއިރާ - އިއްޒަތު ނިޒާރު

ފަންނުވެރި ކަމުގެ ދާއިރާ - ނާޒިމް ހަސަން

ނުކުޅެދުންތެރިކަން ހުންނަ މީހުން ބާރުވެރި ކުރުމުގެ ދާއިރާ - މަރިޔަމް ޝަހުދާ

ކޮންމެ އަހަރެއްގެ އޮކްޓޫބަރު މަހުގެ 22 ވަނަ ދުވަހަކީ، ޒުވާނުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރެއްވުމަށް ނިއްމީ ރައީސް އިބްރާހިމް މުހަންމަދު ސާލިހުގެ ސަރުކާރުގައެވެ. އޮކްޓޫބަރު 22 އެއީ ޒުވާނުންގެ ދުވަހުގެ ގޮތުގައި ރައީސް ކަނޑައެޅުއްވީ އެދުވަހަކީ އުމުރުން 18 އަހަރުން މަތީގެ ކޮންމެ ދިވެހި ރައްޔިތަކަށް އިންތިހާބުތަކުގައްޔާއި ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓުތަކުގައި ވޯޓު ދިނުމުގެ ހައްގާއި އިންތިހާބުތަކުގައި އެކިއެކި މަގާމުތަކަށް ކުރިމަތިލުމުގެ ހައްގާއި އެ މީހަކު އަމިއްލައަށް ނުވަތަ އެމީހަކު މިނިވަންކަމާއެކު އިހްތިޔާރުކުރާ މަންދޫބުން މެދުވެރިކޮށް ރައްޔިތުންގެ ކަންތައްތައް ހިންގުމުގައި ބައިވެރިވުމުގެ ހައްގު ލިބިދިނުމުގެ މާއްދާ ފާސްކުރެއްވި ތާރީހީ ދުވަސްކަމުގައި ވާތީ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު