މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކަށް އަމާޒުކޮށް، ސަރުކާރުގެ ބަޖެޓުން 1.2 ބިލިޔަން ރުފިޔާ ޚަރަދުކޮށްގެން ބޯހިޔާވަހިކަމުގެ ބޮޑު މަޝްރޫއެއް ހިންގުމަށް ނިއްމާފައިވާ ކަމަށް ރައީސް އިބްރާހިމް މުހަންމަދު ސާލިޙު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ޤައުމީ ޒުވާނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މިރޭ ކުޅުދުއްފުށި ސިޓީގައި ބޭއްވި ރަސްމީ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެެ. ރައީސް އިބްރާހިމް މުހަންމަދު ސާލިޙު ވިދާޅުވީ ކުރިޔަށް އޮތް 2 އަހަރުގެ ތެރޭގައި މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކަށް އަމާޒުކޮށް، ސަރުކާރުގެ ބަޖެޓުން 1.2 ބިލިޔަން ރުފިޔާ ޚަރަދުކޮށްގެން ބޯހިޔާވަހިކަމުގެ ބޮޑު މަޝްރޫއެއް ހިންގަވާނެ ކަމަށެވެ. އަދި ކުޅުދުއްފުށީގެ ބޯހިޔާވަހިކަމުގެ ދަތިކަމަށް ޙައްލުހޯދައިދިނުމަށް އަމާޒުކޮށް އަންނަ އަހަރުގެ ބަޖެޓުގައި އެކަނިވެސް 400 ހައުސިންގ ޔުނިޓް ކުޅުދުއްފުޓަށް ރިޒާވްކޮށްފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

"އޭގެއިތުރުން، ބޭރުގެ ފަރާތަކުން މަޝްވަރާ ކުރެވި، މިރަށުގައި 1000 ހައުސިންގ ޔުނިޓް އެޅުމުގެ އަގުގެ މަސައްކަތުގެ މަޝްވަރާ ކުރެވި، ނިމުމަކާ ހިސާބަށް އައިސްފައި އޮތް ވާހަކަވެސް، އަޅުގަނޑު ދަންނަވާލަން." ރައީސް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު