ހާޓް އެޓޭކެއްޖެހި ފުލުހުންގެ ޑިވިޒަން ކޮމާންޑަރަކު މިއަދު ނިޔާވެއްޖެއެވެ.
ބ. އަތޮޅު ހިމެނޭ ރީޖަނަށް ކަނޑައަޅާފައި ހުންނަވާ ފުލުހުންގެ ޑިވިޒަން ކޮމާންޑަރު ނިޔާވީ ހާޓްއެޓޭކެއް ޖެހި، ހާލު ސީރިއަސްވެ މާލެ ގެނެސް އައިޖީއެމްޗުގައި ފަރުވާ ދެމުންދަނިކޮށް މިއަދުގެ ވަގުތެއްގައެވެ. ބ. އަތޮޅު ޑިވިޒަން ކޮމާންޑަރަށް ހާޓް އެޓޭކެއް ޖެހުނީ ބ. އޭދަފުށީގައި ފުޓުބޯޅަ މެޗެއް ކުޅުއްވަމުންދަނިކޮށެވެ. ފުޓުބޯޅަ ކުޅުއްވަން ހުއްނަވަނިކޮށް އޭނާ ވެއްޓުމުން އޭދަފުށީ ހޮސްޕިޓަލަށް ގެންދިޔުމަށްފަހު ހާލު ސީރިއަސްވެ މާލެ ގެނައީ ރޭގެ ވަގުތެއްގައެވެ.
ހާޓް އެޓޭކެއް ޖެހިގެން ނިޔާވީ ފުލުހުންގެ ޑިވިޒަން ކޮމާންޑަރ، ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އިސްމާއިލް ނަދީމެވެ. ނަދީމަކީ ނ، ރ، ބ އަދި ޅ. އަތޮޅަށް ކަނޑައަޅާފައި ހުންނަވާ ކޮމާންޑަރެވެ. ނަދީމް ނިޔާވުމުން ކޮމިޝަނަ އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ ފުލުހުންގެ ޚިދުމަތުގެ ދިދަ، ފުލުހުންގެ ހުރިހާ މަރުކަޒެއްގައި ބައިދަނޑިއަށް ތިރިކުރަން ނިންމަވާފައެވެ.
އިސްމާއިލް ނަދީމުގެ ޖަނާޒާ ބާއްވަން ނިންމާފައި ވަނީ މިރޭ ފަތިސް ނަމާދަށްފަހު އެވެ.

ކިޔުންތެރިންގެ ހިޔާލު