ޒިނޭ ކުރިކަން ސާބިތުވުމުން ތައުޒީރީ އަދަބު ކަނޑައަޅާނަަމަ އެކަމަށް ޒިނޭ އޭ ނުކިޔޭނެ ކަމަށް މަޝްހޫރު ދީނީ އިލްމްވެރިޔާ އައްޝައިހް އަލީ ޒައިދު ވިދާޅުވެއްޖެއެެވެ.

ޒިނޭގެ ކުށް ސާބިތުކުރުމަށްޓަކައި ޑީއެންއޭއަކީ ހެއްކެއްގެ ގޮތުގައި ބޭނުންކުރެވިދާނެކަމަށް ސުޕްރީމް ކޯޓުން މިއަދު ވަނީ ޙުކުމްކޮށްފައެވެ. ސްޕްރީމް ކޯޓުން ކުރި ހުކުމްގައި ބުނެފައިވަނީ އިސްލާމީ ޝަރީއަތުގައި ބަޔާންކުރާ މިންގަނޑުން ޒިނޭގެ ކުށް ސާބިތު ނުވިޔަސް، ގަރީނާތަކަށް ރިއާޔަތްކޮށް ޒިނޭގެ ކުށް ސާބިތު ކުރެވިދާނެ ކަމަށާއި އެކަމަކު އެ ހާލަތުގައި ދެވޭނީ ތައުޒީރީ އަދަބެއް ކަމަށެވެ.

އެކަމާ ގުޅިގެން ދީނީ އިލްމްވެރިޔާ އައްޝައިހް އަލީ ޒައިދު ވިދާޅުވީ، ޒިނޭ އަކީ ޝަރުއީ ޒިނޭ ކަމަށާއި، ގާނޫނީ ޒިނޭ ކިޔާ އެއްޗެއް ނޯއްނާނެ ކަމަށެވެ. އަދި ދީނުގެ މުސްތަހަލްތަކާއި ކުޅެ ހިތަށް އެރިމާނަ އެެއް އެއަށް ދިނުމަކީ ވަރަށް ބޮޑު ނުބައެއް ކަމަށް ޒައިދު ވިދާޅުވިއެވެ.



"ޒިނޭ ސާބިތުކޮށް އަދަބު ދޭންވާނީ ޝަރުއުގައި އެކަން އޮތްގޮތަށް. ތައުޒީރީ އަދަބު ދޭނަމަ ޒިނޭއެކޭ ނުކިޔޭނެ، އެއަށް ކިޔާނީ ބަދުއަހުލާގީ މައްސަލަ." ޝައިހް ޒައިދު ވިދާޅުވިއެވެ.

އިސްލާމީ ޝަރީއަތުގައި ޒިނޭގެ ކުށް ސާބިތު ކުރެވެނީ ހަތަރު ފިރިހެނުންގެ ހެކިބަހުން ނުވަތަ އަމިއްލަ އިއުތިރާފުންނެވެ. ސްޕްރީމް ކޯޓުން ކުރި ހުކުމްގައި ބުނެފައިވަނީ އިސްލާމީ ޝަރީއަތުގައި ހައްދުގެ ކުށްތައް ސާބިތު ކުރެވޭނީ އެއްވެސް ޝައްކެއް ނެތް މިންވަރަށް ސާބިތުވެގެން ކަމަށް ވާއިރު، ގަރީނާއެއް ބޭނުން ކޮށްގެން އެ މިންވަރަށް ކުށް ސާބިތު ނުކުރެވޭނެ ކަމަށް އިލްމުވެރިން ވިދާޅުވާތީ ޑީއެންއޭ އާއި ފޮރެންސިކް ހެކިތަކަށް އެކަނި ބިނާކޮށް ހައްދުގެ ކުށްތައް ސާބިތު ނުކުރެވޭނެ ކަމަށެވެ. ޑީއެންއޭ ފަދަ ގަރީނާތަކަށް ބިނާކޮށްގެން ޒިނޭގެ ކުށް ސާބިތުކުރާ ހާލަތުގައި ތައުޒީރީ އަދަބެއް ދެވޭ ގޮތަށް ރާއްޖޭގެ ގާނޫނުލް އުގޫބާތުގައި އޮންނަ ކަން ސްޕްރީމް ކޯޓުގެ ހުކުމްގައި ވަނީ ފާހަގަކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު


-3

ވާނުވާ

28-Oct-2021

ބަދު އަހުލާގީ އެއްވެސް ނޫން ދެއްތޯ! ނަހަމަ ގޮތުގައި ޖިންސީ ގުޅުން ހިންގުން ދެއްތޯ... ޒިނޭ ނުކިޔާ މިހެން ކިޔަމާ


11

އަބޫ

28-Oct-2021

ހެޔޮ ކޮންމެ އެއް ޗެއް ކިޔަސް. ދަރީގެ ނަސްލު ބެލި, ފިރިހެން މީހާ ޒިންމާ ކުރުވަން ބޭނުންވެގެން މިއުޅެނީ. ކުރިކަމެއްް.ލުރަނީ ދެމީހަކު. އޭގެ ސަބަބުން ލިބޭ ދަރިއަށް ދެމީހުންވެސް ޒިންމާވާން އެބަޖެހޭ. މިދުނިޔޭގަ ރެކެވިދާނެ. ފިރިހެނުންނަށް ރެކެވޭގޮތަށް ގާނޫނު ބައްޓަންވެސް.ކުރެވިދާނެ.