ދައުލަތުގެ އެންމެ މުހިންމު މުވައްސަސާތަކުގެ ތެރެއަށް އަވައްޓެރި ގައުމުތަކުން ވަދެ ޑޭޓާތައް ނަގަން ފުރުސަތު ދީގެންނުވާނެ ކަމަށް ސައިރިކްސް ކޮލެޖުގެ ޗެއާމަން އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ޕަބްލިކް އޮޑިޓް ދާއިރާ ކުރިއެރުވުމަށް އޮޑިޓާ ޖެނެރަލް އޮފީހާއި އިންޑިއާގެ ކޮމްޓްރޯލާ އަދި އޮޑިޓާ ޖެނެރަލް (ސީއޭޖީ) އާއި ދެމެދު އެއްބަސްވުމެއްގައި މިއަދު ވަނީ ސޮއިކޮށްފައެެވެ. އެކަމާ ގުޅިގެން ސައިރިކްސް ކޮލެޖުގެ ޗެއާމަން އަހުމަދު ޝަރީފް ވިދާޅުވީ، ސަރުކާރަށް ސަރުކާރުގެ ޒިންމާ އޮޅިއްޖެ ކަމަށާއި ދައުލަތުގެ އެންމެ މުހިންމު މުވައްސަސާތަކުގެ ތެރެއަށް އަވައްޓެރި ގައުމުތަކުން ވަދެ އެތަންތަނުގެ ޑޭޓާތައް ނެގުމަށް ފުރުސަތު ދީގެންނުވާނެ ކަމަށެވެ.



"ނެޝަނަލް ސެކިއުރިޓީ، ޕޮލިސް ސާރވިސް، އޮޑިޓް އޮފީސް ފަދަ ތަންތަން ހިމާޔަތް ކުރަންޖެހޭ." ޝަރީފް ވިދާޅުވިއެވެ.

މިއަދު ސޮއިކުރި އެއްބަސްވުމަކީ އިންޑިއާއާއި ރާއްޖޭގެ އޮޑިޓް އޮފީހުގެ ގުޅުން ބަދަހިކޮށް އޮޑިޓް ދާއިރާއިން ދެ ގައުމު ކުރިއެރުވުމަށް ވެވުނު އެއްބަސްވުމެކެވެ. މިި އެއްބަސްވުމުގެ ދަށުން ދެ ގައުމުގެ އޮޑިޓަރުންނަށް އަމާޒުކޮށްގެން ތަމްރީންތައް ވެސް ބޭއްވުމަށް ވަނީ ނިންމާފައެވެ.



ކިޔުންތެރިންގެ ހިޔާލު