ހޮލީވުޑްގެ މަޝްހޫރު ޓީވީ ސީރީޒް، ފްރެންޑްސް ޝޯވް ގައި ގަންތަރ ގެ ރޯލު އަދާކުރި އެކްޓަރ ޖޭމްސް ޓޭލާ މަރުވެއްޖެއެވެ.

އޭނާ މަރުވެފައިވަނީ ކެންސަރު ބަލީގައި ފަރުވާ ހޯދަމުން ދަނިކޮށެވެ.

2018 ވަނަ އަހަރުން ފެށިގެން ޖޭމްސް ޓޭލަރ ދަނީ ޕްރޮސްޓޭޓް ކެންސަރަށް ފަރުވާ ހޯދަމުންނެވެ. އަދި ފަހުން ހާލު ބޮޑުވެ އޭނާގެ ކަށިތަކަށް ވެސް ކެންސަރުގެ އަސަރުކޮށްފައިވާކަން ޖޭމްސްގެ އާއިލާއިން ހާމަކޮށްފައިވެއެވެ.

1994 ވަނަ އަހަރުން 2004 ވަނަ އަހަރާއި ހަމައަށް ކުރިއަށްގެންދިޔަ ޓީވީ ސީރީޒް ފްރެންޑްސް ޝޯވް އިން ޖޭމްސް ޓޭލަރ ފެނިގެންދިޔައީ ސެންޓްރަލް ޕަރކް ނަމަކަށް ކިއުނު ކޮފީޝޮޕެއް ހިންގާ މެނޭޖަރެއްގެ ގޮތުގައެވެ. އޭނާގެ ކެރެކްޓަރ، ގަންތަރ ވެގެން ދިޔައީ ވަރަށް ގިނަބަޔަކަށް ކަމުދިޔަ ކެރެކްޓަރ އަކަށެވެ.

މީގެއިތުރުން، ޖޭމްސް ވަނީ، 10 އަހަރު ދުވަހަށް ކުރިއަށް ގެންދިޔަ ފްރެންޑްސް ޝޯވް އަކީ ޖޭމްސްގެ ހަޔާތުގައިވެސް އެންމެ ބޮޑަށް ފާހަގަކޮށްލެވޭ 10 އަހަރު ދުވަސްކަމަށް މީގެ ކުރިން ފާހަގަކޮށްފައެވެ.

ކުއްލިގޮތަކަށް ޖޭމްސް ދުނިޔެ ދޫކުރުމާއި ގުޅިގެން، އޭނާ އަށް ތައުޒިޔާ ކިޔާ މީހުންގެ މެސެޖުތައް ވަނީ މުޅި މީސްމީޑިއާ ފުރާލާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން