މަޝްހޫރު އިނގިރޭސި ލަވަކިޔުންތެރިޔާ އެޑް ޝީރަން ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

އެޑް ޝީރަން ވަނީ މީސްމީޑިއާ މެދުވެރިކޮށް އޭނާ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާކަން ޔަގީންކޮށްދީފައެވެ. އަދި ކޮވިޑަށް ޕޮޒިޓިވްވުމުން ސަރުކާރުގެ ގަވާއިދާއެއްގޮތަށް އެކަހެރިވެފައިވާކަން އޭނާ ވަނީ ހާމަކޮށްފައެވެ.

މިއާއެކު އެޑް ޝީރަން އޭނާގެ ފޭނުންނަށް މީސްމީޑިއާ މެދުވެރިކޮށް ދިން ހާއްސަ މެސެޖުގައި، އޭނާ ކުރިއަށް ރާވާފައިވާ ބައެއް ހަރަކާތްތައް ފަސްކުރަން މަޖުބޫރުވެފައިވާކަން ފާހަގަކޮށް، ގޭގައި އެކަހެރިވެހުރެ ކުރެވެން ހުރި މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ވިސްނާފައިވާކަން ވަނީ ހާމަކޮށްފައެވެ. މިގޮތުން ގޭގައި އެކަހެރިވެހުރެ އެކި އިންޓަރވިއުތައް ކުރިއަށް ގެންދިއުމަށް ނިންމާފައިވާކަންވެސް އޭނާ ވަނީ ފާހަގަކޮށްފައެވެ.

އެޑް ޝީރަން ލައިވްކޮށް އެންމެ ފަހުން ފެނިގެންގޮސްފައިވަނީ މިދިޔަ ހަފްތާގައި އިނގިރޭސިވިލާތުގައި އޮތް އެވަރޑް ޝޯވްއެއްގައެވެ.

މީގެ އިތުރުން އެޑް ޝީރަން ވަނީ އޭނާގެ އެންމެ ފަހުގެ މިއުޒިކް އަލްބަމް ޕްރޮމޯޓް ކުރުމަށް ކުރިއަށް އޮތް ހަފްތާގައި މިއުޒިކް ޝޯވްތަކެއް ބޭއްވުމަަށްވެސް ރާވާފައެވެ. އެޑް ޝީރަންގެ އެންމެ ފަހުގެ މިއުޒިކް އަލްބަމް ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ މިއަންނަ ހުކުރު ދުވަހުއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން