ރާއްޖޭގެ ބޮޑެތި ކުންފުނިތަކަށް ސަރުކާރުގެ ސޮވެރިން ގެރެންޓީ ހަމަޖެހޭނެ އުސޫލު ޤާއިމްކުރުމަށް ގޮވާލައި ކާށިދޫ ދާއިރާގެ މެމްބަރު ޢަބްދުﷲ ޖާބިރު ހުށަހެޅުއްވި މައްސަލަ މަޖީލީހުން ބޭރުކޮށްލައިފިއެވެ.
މިއަދުގެ ޖަލްސާގައި ޖާބިރުގެ މައްސަލަ މަޖިލީހުން ބޭރުކޮށްލާފައިވަނީ 15 މެމްބަރުންގެ ވޯޓުންނެވެ. އަދި މައްސަލަ ބަލައި ގަންނަން ވޯޓު ދިނީ 11 މެމްބަރުންނެވެ.
ޖާބިރު ހުށަހެޅުއްވި މައްސަލާގައި ބުނެފައިވަނީ ރާއްޖޭގެ އިޤްތިސާދަށް ތިޔާގިކަން ގެންނަ ބޮޑެތި ވިޔަފާރިތައް ވަނީ ކޯވިޑް-19ގެ ސަބަބުން އިނދަޖެހި، ހިނގަމުން ދިޔަ ވިޔަފާރީގެ ބޮޑެތި ޕްރްޖެކްޓްތައް ހުއްޓިފައިކަމަށެވެ.
ޖާބިރުގެ މައްސަލައިގައި އިންވެސްޓްކޮށްގެން ތިބި ވިޔަފާރިވެރިންނާއި، ދިވެހި އެތަކެއް ރައްޔިތުންގެ ބަނޑުފުރާނެ މުއްތިކުރުމާއި ގުޅިފައިވާ ކުންފުނިތަކަށް، ފޫނުބެއްދޭވަރުގެ ގެއްލުންވަމުންދާއިރު، ދިވެހި ސަރުކާރާއިއެކު ވެފައިވާ އެއްބަސްވުމަކަށް އެކަނި ބަލައިގެން، ބޭންކުތަކުން ޕްރައިވެޓް ކުންފުނިތަކަށް ލޯނުދޭން ޖެހިލުންވާކަން ފާހަގަ ކޮށްފައި ވެއެވެ.
މިހާލަތުގައި ފައިނޭންސް ހޯދުން ނިހާޔަތަށް އުނދަގޫވެ، ރާއްޖެއިން ބޭރުން ފައިނޭންސް ހޯދުން ނޫންގޮތެއް، ދިވެހި ކުންފުނިތަކަށް ނެތިފައި އޮތްހިނދު، ރަހުނުގެ ގޮތުގައި އަގުބޮޑެތި މުދާ ބެހެއްޓުމުގެ ގާބިލިއްޔަތު ހުރި، އަދި އެހެންވެސް ޝަރުތުތަށް ފުރިހަމަވާ ޕްރައިވެޓް ކުންފުނި ތަކަށް، ފަސޭހަކަމާއިއެކު ދިވެހި ސަރުކާރުގެ ސޮވެރިން ގެރެންޓީ ހަމަޖެހޭނެ އުސޫލު ޤާއިމް ކުރުމަށް، މިމައްސަލާގައި ބުނެފައިވެއެވެ.
ނަމަވެސް މިމައްސަލަ ބޭރުކޮށްލުމުން މަޖިލީހުގެ ބަހުސާއި ހަމައަށްވެސް މިމައްސަލަ ގޮސްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު