އިންޑިއާގެ އުއްތަރު ޕްރަދޭޝްގެ ހޮސްޕިޓަލެއްގައި އޮޅިގެން ކުރެވުނު އޮޕަރޭޝަނަކުން މީހަކު މަރުވެއްޖެއެވެ.

އުމުރުން 45 އަހަރުގެ ޔޫސުފް ސައިފީ ނަމަކަށް ކިޔާ މިމީހާ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވަނީ ޑެންގޫ ބައްޔަށް ފަރުވާހޯދުމަށެވެ. ނަމަވެސް އޭނާ މަރުވެފައިވަނީ އެހެން ބަލި މީހެއްކަމަށް ހީކޮށް ކުރަން ނުޖެހޭ އޮޕަރޭޝަނެއް ކުރަމުން ދަނިކޮށެވެ.

މިހާދިސާ އާއި ގުޅިގެން ޔޫސުފް ސައިފީގެ އާއިލާއިން ވަނީ މަކަރާ ހީލަތުން އޭނާގެ ގުނަވަންތައް ނަގައިގެން ވިއްކުމަށް މަސައްކަތްކުރަން އުޅުންކަމަށް ހޮސްޕިޓަލުގެ މައްޗަށް ތުހުމަތުކޮށްފައެވެ. ނަމަވެސް ހޮސްޕިޓަލުން ވަނީ މިކަމާ ދެކޮޅު ހަދާފައެވެ.

ހޮސްޕިޓަލުން ބުނަނީ މިއީ ގަސްތުގައި ހިނގާދިޔަ ކަމެއް ނޫން ކަމަށެވެ. އަދި މިގޮތަށް ކަންތައް ދިމާވީ ޔޫސުފް ސައިފީގެ ނަމާއި، އަސްލު އޮޕަރޭޝަން ކުރަންޖެހޭ މީހާގެ ނަމާ އެއްގޮތްކަމެއް ހުރުމުންކަމަށް ހޮސްޕިޓަލުން ޗީފް މެޑިކަން އޮފިސަރ ހާމަކޮށްފައިވެއެވެ.

މިހާދިސާ ތަހުގީގު ކުރަން ނިންމާފައިވާއިރު، މިހާދިސާގައި ތުހުމަތު ކުރެވޭ ޑޮކްޓަރަކާއި ހޮސްޕިޓަލުގެ ދެމުވައްޒަފަކު މިހާރުވަނީ ފިލާފައެވެ.



ކިޔުންތެރިންގެ ހިޔާލު