މަންދު ކޮލެޖަށް ދައުލަތުން ބަދަލުގެ ގޮތުގައި ދޭންޖެހޭ 15 މިލިއަން ރުފިޔާ ދިނުމަށް ސިވިލް ކޯޓުން އެންގި މުއްދަތު ފަހަނައަޅާ ދިޔައިރުވެސް އެ ފައިސާ ދީފައިނުވާތީ އެޑިއުކޭޝަން މިނިސްޓަރު ޑރ އައިޝަތު އަލީގެ މައްޗަށް ދައުވާ ކޮށްފިއެވެ.
ސިވިލް ކޯޓުގައި މި ދައުވާ ކޮށްފައިވަނީ މަންދު ކޮލެޖު ހިންގާ، މާލެ ހައި ޕްރައިވެޓް ލިމިޓެޑުންނެވެ.
މަސް ދުވަހުގެ ތެރޭގައި ބަދަލުގެ ގޮތުގައި 15 މިލިއަން ރުފިޔާ މަންދު ކޮލެޖަށް ދިނުމަށް އެޑިއުކޭޝަންގެ މައްޗަށް ސިވިލް ކޯޓުން ހުކުމް ކުރީ މިދިޔަ އޭޕްރިލް މަހުގެ 19ވަނަ ދުވަހުއެވެ.
ފިނޭންސް މިނިސްޓްރީން ބުނީ މަންދު ކޮލެޖަށް ދޭންޖެހޭ 15 މިލިއަން ރުފިޔާ ހުކުމްގައި ބުނެފައިވާ މުއްދަތުގެ ތެރޭގައި ސިވިލް ކޯޓަށް ދެއްކި ކަމަށެވެ. ނަމަވެސް ކޯޓުން ވަނީ އަނބުރާ އެ ފައިސާ ފިނޭންސް މިނިސްޓްރީއަށް ފޮނުވާފައިކަމަށް ފިނޭންސްގެ އޮފިޝަލުން ބުނެއެވެ. އަދި ސިވިލް ކޯޓުން އެ ފައިސާ އަނބުރާ ފޮނުވާލުމުން މިދިޔަ ޖޫން މަހުގެ ތެރޭގައި އޭގެތެރެއިން ވަކި މިންވަރެއް މަންދު ކޮލެޖްގެ އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފައި ވެއެވެ.
މަންދު ކޮލެޖު ހިންގާ ކުންފުނިން ބުނީ މިނިސްޓަރ އައިޝަތު އަލީއާ ދެކޮޅަށް ހުށަހެޅި މައްސަލަ ސިވިލް ކޯޓުން ބަލައިގެންފައިވާ ކަމަށެވެ. އަދި ކޯޓުން ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި އެ ފައިސާ ދައްކާފައިނުވާ ކަމަށާއި އެކަމުގައި މިނިސްޓަރު އައިޝަތު އަލީ ޒިންމާވާންޖެހޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
މަސް ދުވަހުގެ ތެރޭގައި ބަދަލުގެ ގޮތުގައި 15 މިލިއަން ރުފިޔާ މަންދު ކޮލެޖަށް ދިނުމަށް އެޑިއުކޭޝަންގެ މައްޗަށް ސިވިލް ކޯޓުން ހުކުމް ކުރީ، ކުރީގެ ސަރުކާރުން މަންދުއާއެކު ކޮލެޖެއް ހިންގަން ދިން އިމާރާތެއްގެ އެއްބަސްވުމެއް ބާތިލް ކުރުމާއި ގުޅިގެނެވެ.

ކިޔުންތެރިންގެ ހިޔާލު