ހާޓް އެޓޭކެއް ޖެހިގެން އިއްޔެ ނިޔާވި ފުލުހުންގެ ނޯތު ޑިވިޝަންގެ ކޮމާންޑަރު އިސްމާއިލް ނަދީމަކީ ހަރުދަނާ ލީޑަރެއްކަމަށް ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
ބ. އަތޮޅު ހިމެނޭ ރީޖަނަށް ކަނޑައަޅާފައި ހުންނަވާ ފުލުހުންގެ ޑިވިޒަން ކޮމާންޑަރު ނިޔާވީ ހާޓްއެޓޭކެއް ޖެހި، ހާލު ސީރިއަސްވެ މާލެ ގެނެސް އައިޖީއެމްޗުގައި ފަރުވާ ދެމުންދަނިކޮށް އިއްޔެގެ ވަގުތެއްގައެވެ. ބ. އަތޮޅު ޑިވިޒަން ކޮމާންޑަރަށް ހާޓް އެޓޭކެއް ޖެހުނީ ބ. އޭދަފުށީގައި ފުޓުބޯޅަ މެޗެއް ކުޅުއްވަމުންދަނިކޮށެވެ. ފުޓުބޯޅަ ކުޅުއްވަން ހުއްނަވަނިކޮށް އޭނާ ވެއްޓުމުން އޭދަފުށީ ހޮސްޕިޓަލަށް ގެންދިޔުމަށްފަހު ހާލު ސީރިއަސްވެ މާލެ ގެނައީ އިއްޔެރޭގެ ވަގުތެއްގައެވެ.
ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވީ ކުއްލިގޮތަކަށް ވަކިވެގެން އެދިޔަކީ ހަރުދަނާ ލީޑަރެއްގެ އިތުރުން ޤާބިލް އޮފިސަރެއްކަމަށެވެ. އިމްރާން ވިދާޅުވީ ނަދީމަކީ ނަމޫނާ ކޮމާންޑަރެއްކަމަށާއި މިއަހަރުގެ ސެޕްޓެމްބަރު މަހު ނ. އަތޮޅަށް ކުރެއްވި ދަތުރުގެ ތެރެއިންވެސް ޗީފް އިންސްޕެކްޓަރ އިސްމާއީލް ނަދީމްގެ އެ ސިފަތައް ފާހަގަުރެއްވުނު ކަމަށެވެ.
ނަދީމް ނިޔާވުމުން ކޮމިޝަނަ އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ ފުލުހުންގެ ޚިދުމަތުގެ ދިދަ، ފުލުހުންގެ ހުރިހާ މަރުކަޒެއްގައި ބައިދަނޑިއަށް ތިރިކުރަން ނިންމަވާފައެވެ.
އިސްމާއިލް ނަދީމުގެ ޖަނާޒާ ބާއްވާފައި ވަނީ މިއަދު ފަތިސް ނަމާދަށްފަހުއެވެ.

ކުއްލިގޮތަކަށް އަޅުގަނޑުމެންނާ ވަކިވެގެން އެދިޔަކީ ހަރުދަނާ ލީޑަރެއް. ޤާބިލް އޮފިސަރެއް. ނަމޫނާ ކޮމާންޑަރެއް. މިއަހަރުގެ ސެޕްޓެމްބަރު މަހު ނ.އަތޮޅަށް ކުރި ދަތުރުގެ ތެރެއިންވެސް ޗީފް އިންސްޕެކްޓަރ އިސްމާއީލް ނަދީމްގެ މިދެންނެވި ސިފަތައް ފާހަގަުރެވުނު. pic.twitter.com/wWsTxveu5i
— Imran Abdulla (@ShimranAb) October 24, 2021
ނަދީމް ނިޔާވުމުން ކޮމިޝަނަ އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ ފުލުހުންގެ ޚިދުމަތުގެ ދިދަ، ފުލުހުންގެ ހުރިހާ މަރުކަޒެއްގައި ބައިދަނޑިއަށް ތިރިކުރަން ނިންމަވާފައެވެ.
އިސްމާއިލް ނަދީމުގެ ޖަނާޒާ ބާއްވާފައި ވަނީ މިއަދު ފަތިސް ނަމާދަށްފަހުއެވެ.
ކިޔުންތެރިންގެ ހިޔާލު