އަހުމަދު މަސްނޫމް   25 އޮކްޓޯބަރު 2021 - 15:57
ސަރުކާރުގެ ވިސްނުން ހުރީ ދަރުބާރުގޭގައި އާބާތުރަ ފިލުވުމުގެ ބަދަލުގައި އައު އިމާރާތެއް އެޅުމަށްކަމަށް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީން ބުނެފިއެވެ.

ހައުސިންގ މިނިސްޓްރީން ބުނީ ދަރުބާރުގެ މަރާމާތުކުރުމަށް ހަރަދުކުރުމަށް މަސައްކަތްކުރުމަކީ މިވަގުތު ތަނުގެ ހާލަތު އޮތް ގޮތުން ކުރުން އެންމެ ރަނގަޅު ކަމެއް ނޫންކަމަށެވެ. އަދި އޭގެ ބަދަލުގައި އެތަން ތަޅާލައި އާ އިމާރާތެއް އެ ތަނުގައި އެޅުން މާ ބުއްދިވެރިކަމަށް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވިއެވެ.

އެގޮތުން އެތަން ހުސްވިހާ އަވަހަކަށް އެ ތަން ތަޅާލަން ވިސްނަމުންދާ ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ. މީގެއިތުރުން ދަރުބާރުގޭގައި ހިންގާ ކޮވިޑް އެޗްއީއޯސީގެ މަސައްކަތްތައް އެހެން ތަނަކަށް ބަދަލުކުރުމަށް މަސައްކަތް ކުރަމުން އަންނަކަމަށާއި ވީހާ ވެސް އަވަހަކަށް ތަން ހުސްކުރެވި މަސައްކަތް ފެށޭނެކަމަށް އުއްމީދުކުރާކަމަށްވެސް މިނިސްޓްރީން ބުނެފައި ވެއެވެ.

ދަރުބާރުގެއަކީ 1990 ވަނަ އަހަރު ރާއްޖޭގައި އޮތް ސާކް ސަމިޓް ބޭއްވުމަށްޓަކައި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ ވެރިކަމުގައި ބިނާކުރި ތަނެކެވެ.



ކިޔުންތެރިންގެ ހިޔާލު


-2

ހިލް

28-Oct-2021

މި ސަރުކާރަކަށް ނުވާނެ