މާލޭގައި ޓެކްސީ ޑްރައިވަރަކަށް ވަޅިން ބިރުދައްކައި، ފައިސާތަކެއް ފޭރިގަނެފިއެވެ.

ފުލުހުން ބުނީ ހޮނިހިރު ދުވަހުގެރޭ މަޖީދީމަގުން ހުޅުމާލެއަށް ދިއުމަށް ޓެކްސީއަކަށް އެރި 2 މީހަކު ޓެކްސީ ޑްރައިވަރަށް ވަޅިން ބިރުދައްކައި ފައިސާތަކެއް ފޭރިގަނެފައިވާ މައްސަލައެއް ހުށަހަޅާފައިވާކަމަށެވެ. އަދި ޓެކްސީ ޑްރައިވަރުގެ އަތުން 700 ރުފިޔާ އެމީހުން ފޭރިގަތުމަށްފަހު އެ މީހުން ޓެކްސީން ފައިބައިގެން ގޮސްފައިވާކަމަށްވެސް ފުލުހުން ބުނެއެވެ.

ފުލުހުން ވިދާޅުވީ މިމައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށެވެ. ނަމަވެސް މިމައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންދާކަމަށް ފުލުހުން ބުނެފައި ވެއެވެ.

މާލޭގައި ޓެކްސީ ޑްރައިވަރަކަށް ވަޅިން ބިރުދައްކައި، ފައިސާތަކެއް ފޭރިގަތް ހާދިސާއެއް މިހަފުތާގައި ހިނގާފައިވާއިރު، 2019 ވަނަ އަހަރު ޓެކްސީ ޑްރައިވަރެއްގެ އަތުން ފައިސާ ފޭރެން ވެގެން ޓެކްސީ ޑްރައިވަރަކަށް ވަނީ ވަޅިން ހަމަލާދީ މަރާލާފައެވެ.



ކިޔުންތެރިންގެ ހިޔާލު