ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އަނބިކަނބަލުން ފަޒްނާ އަޙްމަދު، ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫ.އޭ.އީ)ގެ ދުބާއީގައި މިހާރު ކުރިއަށްދާ އެކްސްޕޯ 2020އަށް މިއަދު ޒިޔާރަތް ކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ދުބާއީ އެކްސްޕޯއަށް ޒިޔާރަތްކުރެއްވުމުން މަރުޙަބާ ވިދާޅުވީ ޔޫ.އޭ.އީގެ މިނިސްޓަރ އޮފް ޓޮލަރެންސް އެންޑް ކޯއެކްސިސްޓެންސް، އަދި އެކްސްޕޯ 2020 ދުބާއީގެ ކޮމިޝަނަރ ޖެނެރަލް، ހިޒް އެކްސެލެންސީ ޝައިޚް ނަޙްޔާން މުބާރަކް އަލް ނަޙްޔާންއެވެ.
ދުބާއީ އެކްސްޕޯއަށް ރައީސުލްޖުމްހޫރިއްޔާގެ ދެ ކަނބަލުން ކުރެއްވި މި ޒިޔާރަތުގައި، ރާއްޖޭގެ ޝަރަފުގައި އެކްސްޕޯގައި ރާއްޖޭގެ ޤައުމީ ދުވަހުގެ މުނާސަބާ ފާހަގަކުރުމަށް ބާއްވާ ރަސްމީ ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދެއްކެވުމަށް ވަނީ ހަމަޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު