އަހުމަދު މަސްނޫމް   25 އޮކްޓޯބަރު 2021 - 17:23
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް އަންނަ އާދީއްތަދުވަހު މަޖިލީހަށް ހުށަހަޅަން ނިންމައިފިއެވެ.

ފިނޭންސް މިނިސްޓްރީން ބުނީ އާދިއްތަދުވަހު ފިނޭންސް މިނިސްޓަރ މަޖިލީހަށް ވަޑައިގެން ބަޖެޓް ހުށަހަޅުއްވާނެކަމަށެވެ.

ގާނޫނުއަސާސީގައިވާ ގޮތުން ކޮންމެ މާލީ އަހަރެއް ފެށުމުގެކުރީން އެ އަހަރަކަށް ދައުލަތުން ހިނގާނޭކަމަށް ލަފާކުރާ ޚަރަދާއި، ދައުލަތަށް ލިބޭނޭކަމަށް ލަފާކުރާ އާމްދަނީގެ ހިސާބު ހިމެނޭ ބަޖެޓެއް، އަދި ވޭތުވެދިޔަ މާލީއަހަރު ދައުލަތުން ހިނގި ޚަރަދާއި، ދައުލަތަށް ލިބުނު އާމްދަނީގެ ހިސާބު މިނިސްޓަރ އޮފް ފިނޭންސް

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާންވާނެއެވެ.

އަދި މިނިސްޓަރ އޮފް ފިނޭންސް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ބަޖެޓަށް، ރައްޔިތުންގެ މަޖިލީހުން ގެންނާން ފެންނަ އުނިއިތުރެއް ގެނެވިދާނެއެވެ. ނުވަތަ އުނިއިތުރެއް ނުގެނެސް ފާސް ކުރެވިދާނެއެވެ.

ގާނޫނުއަސާސީ ބުނާގޮތުން ރައްޔިތުންގެ މަޖިލީހުން ހުއްދަލިބިގެން މެނުވީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓުގައިވާ މިންވަރަށްވުރެ ޚަރަދު އިތުރުކޮށްގެނެއް ނުވާނެއެވެ. އަދި ބަޖެޓުގައި ވަކި ކަމަކަށް ޚަރަދެއްކުރުމަށް ކަނޑައަޅައިފައިވާނަމަ ޚަރަދެއް ކުރާންވާނީ އެކަމަކަށް އެކަންޏެވެ.

އަންނަ އަހަރަށް ލަފާކޮށް، 37 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅަން ކަނޑައަޅާފައިވާއިރު، އަންނަ އަހަރު އުލަތަށް ލިބޭނެކަމަށް ލަފާކުރެވެނީ 23.6 ބިލިއަން ރުފިޔާއެވެ.

އަންނަ އަހަރަށް ހުށަހަޅާ ދައުލަތުގެ ބަޖެޓުގެ އަމާޒަކީ ބަދަލުވެފައިވާ މާލީ ޙާލަތުގައި ދަރަންޏާއި މާލީ ޙާލަތު އެއް ހަމައެއްގައި ދެމެހެއްޓުންކަމަށް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ. އެގޮތުން ފިނޭންސް މިނިސްޓްރީން ވަނީ 2022 އިން 2024 އަށް މިހާރު އަންދާޒާ ކޮށްފައިވާ ބަޖެޓުގެ ތަފާސް ހިސާބުތައް އާންމުކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު