އުތުރުތިލަފަޅު ނުވަތަ ޔޫޓީއެފް އެއްބަސްވުމަކީ ޤާނޫނުއަސާސީއާ ޚިލާފަށް، ދިވެހިޤައުމުގެ މިނިވަންކަމާ ސިޔާދަތު ގެއްލޭގޮތަށް ހަދާފައިވާ، އޭގެ ޒާތުގައި ބާތިލް އެގްރީމަންޓެއްކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ބުނެފިއެވެ.
އެކޯލިޝަނުން މިހެން ބުނެފައި މިވަނީ އުތުރު ތިލަފަޅު އެއްބަސްވުމުގައި ގައުމީ ސަލާމަތަށް ނުރައްކަލެއް ނެތްކަމަށް ބުނެ މަޖިލީހުގެ ގައުމީ ސަލާމަތާއި ބެހޭ ކޮމެޓީގެ މުގައްރިރު ވާހަކަދައްކާފައި ވަނިކޮށެވެ.
މިކަމާއި ގުޅޭގޮތުން ޕީޕީއެމުން ނެރުނު ބަޔާނެއްގައި ބުނީ ޑިފެންސް މިނިސްޓަރ މާރިއާދީދީ ސޮއިކުރަށްވާފައިވާ އުތުރުތިލަފަޅުގެ އެގްރީމަންޓް، ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީން ދިރާސާ ކުރެއްވުމަށް، އެ ކޮމިޓީއަށް ނުދެއްވުމަކީ އަދި އެ ކޮމިޓީން އެ އެގްރީމަންޓް ހޯދާފައި ނުވުމަކީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން އިންތިހާއަށް ކަންބޮޑުވާ ކަމެއްކަމަށެވެ.
އެކޯލިޝަނުން ޤަބޫލުކުރާގޮތުގައި އުތުރުތިލަފަޅުގެ އެގްރީމަންޓް ކަމަށް ބުނާ ލިޔުމެއް ސްކްރީނަކުން ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީއަށް ދައްކާލުމުގެ ބަދަލުގައި އެ އެގްރީމަންޓްގައި ހުރި މާއްދާތައް ވަކިވަކިން ދިރާސާކުރުމުގެ ފުރުޞަތު ހޯދުމަކީ ކޮމިޓީއަށް ލާޒިމު ކަމެއްކަމަށް ބަޔާނުގައިވެއެވެ. އަދި އެ އެގްރީމަންޓް، ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީއަށް ނުދިނުމަކީ އަދި ކޮމިޓީން އެ އެގްރީމަންޓް ހޯދާފައި ނުވުމަކީ އުތުރުތިލަފަޅުގެ އެގްރީމަންޓާގުޅިގެން ދިވެހި ރައްޔިތުންގެ މެދުގައި އުފެދިފައިވާ ނުތަނަވަސްކަމަށް ފަރުވާއެއް ހޯދައިދިނުމުގައި
ރައްޔިތުންގެ މަޖިލީހާއި ސަރުކާރު ފެއިލްވެފައިވާކަން ހާމަވާ ކަމެއްކަމަށްވެސް ޕީޕީއެމްގެ ބަޔާނުގައި ބުނެފައިވެއެވެ.
ޕީޕީއެމުން ބުނީ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީއަށް ހުށަހެޅި ޕްރެޒެންޓޭޝަނުން އެނގުނީ އުތުރުތިލަފަޅުގައި އިންޑިއާއިން ބޭނުންވާ ކޮންމެ ދާއިރާއެއްގެ ބަޔަކަށް ޑިޕޮލޮމެޓިކް އިމިއުނިޓީ ދީގެން، ކުރިއަށްއޮތް 5 އަހަރަށްވުރެ ގިނަ ދުވަހަށް ތިބެވޭނެކަން ކަމަށެވެ. އަދި އިންޑިއާއިން ގެންނަ މީހުންގެ ތެރޭގައި އިންޑިއާ ސިފައިން ނުހިމެނޭކަމަށް ބުނެފައިނުވާއިރު، ޚާއްޞަކޮށް، ދިވެހި އަސްކަރިއްޔާގެ މަރުކަޒެއްގައި އިންޑިއާގެ ސިފައިންނަށް ތިބުމަށް މަގުފަހިވާ އެއްބަސްވުމެއް ހަދައި، ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމެއްނެތި ސޮއިކުރުމަކީ ދިވެހިޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ފ) ގެ (2) އާ ޚިލާފު ކަމެއްކަމަށް ބަޔާނުގައިވެއެވެ.
މީގެއިތުރުން، މިއެއްބަސްވުމާ ގުޅޭ ޕްރެޒެންޓޭޝަން ހުށަހަޅަމުން، އިބުރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން ސޮއިކޮށްފައިވާ އުތުރު ތިލަފަޅާބެހޭ އެގްރީމަންޓަކީ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައި ސޮއިކުރައްވާފައިވާ އެގްރީމަންޓެއްކަމަށް ދެއްކުމަށް އަސްކަރިއްޔާއިން ވަނީ ވަރަށް ބޮޑަށް މަސައްކަތް ކޮށްފައިކަމަށްވެސް ޕީޕީއެމުން ތުހުމަތުކުރެއެވެ. އަދި އެކަމުން ދޭހަވަނީ ދިވެހި އަސްކަރިއްޔާގެ ތެރެއަށް ސިޔާސީ ނުފޫޒު އިންތިހާއަށް ފޯރުވަމުންދާކަންކަމަށާއި ދިވެހި އަސްކަރިއްޔާގެ ތެރެއަށް ސިޔާސީ ނުފޫޒު ވެއްދުމަކީ އިއާދަ ނުކުރެވޭފަދަ ގެއްލުން ޤައުމަށް ލިބިދާނެ ކަމެއްކަމަށްވެސް ބަޔާނުގައިވެއެވެ.
ޕީޕީއެމްގެ ބަޔާނުގައި 2021 ވަނަ އަހަރު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުގެ ފުރިހަމަ ތާއީދާއެކު ޑިފެންސް މިނިސްޓަރ މާރިޔާ ދީދީ އިންޑިޔާއާއިއެކު ސޮއިކޮށްފައިވާ އުތުރުތިލަފަޅުގެ އެއްބަސްވުމަކީ ޤާނޫނުއަސާސީއާ ޚިލާފަށް، ދިވެހިޤައުމުގެ މިނިވަންކަމާ ސިޔާދަތު ގެއްލޭގޮތަށް ހަދާފައިވާ، އޭގެ ޒާތުގައި ބާތިލް އެގްރީމަންޓެއްކަމަށް ބުނެފައިވެއެވެ.
އެހެންކަމުން އެއްބަސްވުން އުވާލުމަށާއި ދިވެހިރާއްޖޭގައި ތިބި އިންޑިޔާ ސިފައިން ފޮނުވާލުމަށް ދިވެހި ސަރުކާރަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ވަނީ ގޮވާލާފައެވެ. އަދި ޤާނޫނުއަސާސީއާ ޚިލާފު އެއްބަސްވުމެއް ހަދައި، ރައްޔިތުންގެ މަޖިލީހަށާއި ރައްޔިތުންނަށް ނާންގައި، އެތައް ދުވަހެއްވަންދެން ސިއްރު ކުރުމަށްފަހު، އެކަން ދިފާޢު ކުރުމަކީ ދިވެހި ޤައުމަށް ޚިޔާނާތްތެރިވެ، ޣައްދާރުވެފައިވާ ޚާއިނުންތަކެއްގެ ފިނޑިޢަމަލެއްކަމަށާއި މިކަމުގައި ޝާމިލްވާ އެންމެން ވަގުތުން އިސްތިއުފާ ދިނުމަށް އެ ކޯލިޝަނުން ވަނީ ގޮވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު