ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހަންމަދު ނަޝީދު އިދިކޮޅު ކޯލިޝަނާއި މަޝްވަރާ ކުރަށްވަން މިއަދު ބޭނުންފުޅުވީ ގާނޫނުއަސާސީ އިސްލާހުކުރުމާ ގުޅޭގޮތުން ކަމަށް ޕީއެންސީގެ ނާއިބް ރައީސް އާދަމް ޝަރީފް ވިދާޅުވެއްޖެއެެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހަންމަދު ނަޝީދު މިއަދު ވަނީ އިދިކޮޅު ކޯލިޝަންގެ ލީޑަރޝިޕްގެ އިސްބައެއް ބޭފުޅުންނާއި ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ޕީއެންސީގެ ނާއިބް ރައީސް އާދަމް ޝަރީފް ވިދާޅުވީ، ރައީސް ނަޝީދު މަޝްވަރާ ކުރައްވަން ބޭނުންފުޅުވީ ގާނޫނުއަސާސީ އިސްލާހުކުރުމާ ގުޅޭގޮތުން ކަމަށެވެ. އެ މަސައްކަތް ކުރިއަށް ގެންދަން ބޭނުންވަނީ އިދިކޮޅުގެ ބައިވެރިވުމާ އެކުގައި ކަމަށް ރައީސް ނަޝީދު ދެންނެވި ކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ.
ނަމަވެސް ސިޔާސީ އެއްވެސް މަޝްވަރާއެއް ކުރެވޭނީ އިދިކޮޅު ލީޑަރު ރައީސް ޔާމިން މިނިވަންކުރުމުން ކަމަށް ރައީސް ނަޝީދަށް ދެންނެވި ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.
"ރައީސް ޔާމިނާއި ނުލައި އެއްވެސް މަޝްވަރާއަކަށް ނުވަތަ ބައްދަލުވުމަކަށް ނުދާނެ ވާހަކަ ވެސް ރައީސް ނަޝީދަށް ދެންނެވިން." ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވިއެވެ.
މަޖިލީހުގެ އިދާރާގައި މިއަދު ބޭއްވި މިބައްދަލުވުމުގައި އެމްޑީޕީގެ ނައިބް ރައީސް މުހައްމަދު ޝިފާޒު ވެސް ވަނީ ބައިވެރިވެވަޑައިގެންފައެެވެ.
މި ބައްދަލުވުމުގައި އިދިކޮޅު ޕީޕީއެމްގެ ދެ ނައިބު ރައީސުން ކަމުގައިވާ ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމާއި، ތ. ގުރައިދޫ ދާއިރާގެ މެންބަރު މުހައްމަދު ޣައްސާން މައުމޫން، ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ރައީސް ނަޝީދު މިއަދު ވަނީ ކުއްލި ގޮތަކަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާ ވެސް ބައްދަލުކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު