އެމްޓީސީސީ އިން ކުރިއަށްގެންދާ މީމު އެއަރޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، އެއަރޕޯޓް ފަޔަރ ބިލްޑިންގ ގެ ފައުންޑޭޝަން ބީމްގެ މަސައްކަތްތައް ފެށިގެން ކުރިއަށްދާކަމަށް އެކުންފުނިން ހާމަކޮށްފިއެވެ.
އެމްޓީސީސީން ބުނީ މި މަސައްކަތް މި ހަފުތާގެ ތެރޭގައި ނިންމާލެވޭނެކަމަށާއި، ދެން ފެށުމަށް ހަމަޖެހިފައިވަނީ ފަޔަރ ބިލްޑިންގ ގެ ކޮލަމްތަކުގެ މަސައްކަތްކަމަށެވެ.
އެމްޓީސީސީން ބުނީ، 28 ފެބްރުއަރީ 2021 ވަނަ ދުވަހު ސޮއިކޮށްފައިވާ މީމު އެއަރޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، 14 ހެކްޓަރުގެ ބިން ހިއްކުމާއި، 1812 މީޓަރުގެ ސަރަހައްދެއްގެ ގޮނޑުދޮށް ހިމާޔަތް ކުރުމާއި، 1200 މީޓަރު ދިގު 30 މީޓަރު ފުޅާ ރަންވޭއެއް ޤާއިމުކުރުމާއި، ޓެކްސީވޭ އަކާއި އޭޕްރަނެއް އެޅުމުގެ މަސައްކަތް ހިމެނޭ ކަމަށެވެ.
މީމު އެއަރޕޯޓް ތަރައްޤީ ކުރުމުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިއަހަރުގެ އޭޕްރީލް މަހުއެވެ. 221.7 މިލިއަން ރުފިޔާގެ މި މަޝްރޫއު ނިންމުމަށް ހަމަޖެހިފައިވަނީ 365 ދުވަހުގެ ތެރޭގައެވެ.

ކިޔުންތެރިންގެ ހިޔާލު