އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނާއެކު މަސައްކަތްނުކުރާ ބަޔަކާއެކު، ޕީޕީއެމުން މަސައްކަތެއް ނުކުރާނެ ކަމަށް، އެ ކޯލިޝަން ހިންގުމާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވި އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އަބުދުއްރަހީމް މިހެން ވިދާޅުވީ، ރައީސް ޔާމީނާއެކު ސިޔާސީ މަސައްކަތެއް ނުކުރާނެ ކަމަށާއި، އެހެންނަމަވެސް ޕީޕިއެމާ މަޝްވަރާ ކުރާނެ ކަމަށް މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރައީސް އަދި ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ވިދާޅުވެ ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވަމުންނެެވެ.

އެކަމާ ގުޅިގެން ޕީއެންސީގެ ރައީސް އަދި އިދިކޮޅު ކޯލިޝަން ވަގުތީ ގޮތުން ހިންގެވުމާއި ހަވާލުވެހުންނެވި އަބުދުއްރަހީމް އަބުދު ﷲ ވިދާޅުވީ ރައީސް ޔާމިނާއެކުގައި ސިޔާސީ މަސައްކަތް ނުކުރާ ބޭފުޅަކާއި އެކީގައި ނުވަތަ ޕާޓީއަކާއި އެކުގައިވެސް އިދިކޮޅު ކޯލިޝަނުން މަސައްކަތް ނުކުުރާނެ ކަަމަށެެވެ.



މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ކުރީގެ ޑިފެންސް މިނިސްޓަރު އަދި ދަނގެތީ ދާއިރާގެ މެމްބަރު ކާނަލް މުހަންމަދު ނާޒިމް ވިދާޅުވީ ރައީސް ޔާމިނާއެކު މަސައްކަތް ކުރެއްވި އިރު ވަރަށް ގިނަ ތަޖުރިބާތައް ކުރެއްވިފައި އެބަހުރި ކަމަށެވެ. އެހެން ނަމަވެސް އެ ހުރިހާ ކަމެއް ހާމަކުރައްވަން ބޭނުން ނޫން ކަމަށް ނާޒިމް ވިދާޅުވި އެވެ.

އެެއްކަމެއްގެ ގޮތުގައި ނާޒިމް ފާހަގަކުރެއްވީ، ރައީސްކަމުގެ މަގާމުގައި ޔާމިން ހުންނެވިއިރު އެމަނިކުފާނުގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާވި މައްސަލައެެެވެ. އެމައްސަލައިގައި ރައީސް ޔާމިންގެ މައްޗަށް 5 އަހަރުގެ ޖަލުގެ ހުކުމެއް ވަނީ އިއްވާފައެވެ. ޔާމީންގެ ވެރިކަމުގައި ޑިފެންސް މިނިސްޓަރު ކަމުގައި ހުންނަވަނިކޮށް ފިސްތޯލައެއް ގެންގުޅުއްވި ކަމުގެ ކުށުގައި، ނާޒިމަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވެއެެވެ.



ކިޔުންތެރިންގެ ހިޔާލު