އެމްޑީޕީގެ ބައްދަލުވުންތައް ރައްޔިތުންގެ މަޖިލިހުގެ އިދާރާގައި ބޭއްވުމަކީ ކޮރަޕްޝަންގެ އަމަލެއްކަމަށް އެޕާޓީގެ ކުރީގެ ނާއިބު ރައީސް އަލްހާން ފަހްމީ ވިދާޅުވެއްޖެއެވެ.
އަލްހާން މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، މަޖިލީހުގެ އިދާރާގައި އެމްޑީީޕީގެ ރައީސްގެ ހައިސިއްޔަތުން ބައިވެރިވެވަޑައިގަންނަވާ ބައްދަލުވުންތަކެއް ބާއްވަވަމުން މިހާރު ގެންދަތީ އެކަމަށް އިޝާރާތް ކުރަށްވައެވެ. އެގޮތުން ބައެއް ޕާޓީތަކުގެ އިސް ބޭފުޅުންނާއެކު ރައީސް ނަޝީދު ގެންދަވަނީ މަޖިލީހުގެ އިދާރާގައި ބައްދަލުވުންތައް ބާއްވަމުންނެވެ.
މިކަމާއި ގުޅިގެން ފޭދޫ ދާއިރާގެ ކުރީގެ މެމްބަރުކަންވެސް ކުރައްވާފައިވާ އަލްހާން ފަހްމީ ވިދާޅުވީ އެމްޑީޕީގެ ބައްދަލުވުންތައް މަޖްލިސް އިދާރާގައި ބާއްވާ މަޖިލީހުގެ ވަސީލަތް ބޭނުންކޮށްގެން ހިންގުމަކި ސީދާ ކޮރަޕްޝަންގެ ޢަމަލެއްކަމަށެވެ. އަދި މިއީ ދެރަ، ލަދުވެތި ކަންތައްތަކެއްކަމަށް އަލްހާން ވިދާޅުވިއެވެ.
ރައީސް ނަޝީދު މަޖިލީހުގެ އިދާރާގައި ވަނީ ޕީޕީއެމްގެ އިސްބޭފުޅުންގެ އިތުރުން އިހަށްދުވަހު ރަޖިސްޓްރީކުރި އެމްއެންޕީގެ އިސް ބޭފުޅުންނާއިވެސް ބައްދަލުކުރައްވާފައެވެ.
ބެލެވޭ ގޮތުގައި މިބައްދަލުވުންތައް މަޖިލީހުގެ އިދާރާގައި ބާއްވަނީ ރައީސް ނަޝީދުގެ ސަލާމަތާއި ރައްކާތެރިކަމަށް ބެލުމަށްފަހު، ސަލާމަތީ ހިދުމަތްތަކުގެ އިރުޝާދުގެ ދަށުންނެވެ. އެއީ އެމްޑީޕީގެ ރައީސްގެ އިތުރުން، ރައީސް ނަޝީދަކީ މަޖިލީހުގެ ރައީސްގެ މަގާމުގައި މިވަގުތު ހުންނެވި ބޭފުޅާގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ މަގާމުވެސް އަދާކުރައްވާފައިވާ ބޭފުޅަކަށްވުމެވެ. އަދި އެމަނިކުފާނަށް އަމާޒުކޮށް މިދިޔަ މޭމަހު ދިން ބޮމުގެ ހަމަލާއަށްފަހު އެމަނިކުފާނުގެ ސެކިއުރިޓީ ވަނީ ވަރުގަދަކޮށްފައި ކަންވެސް ފާހަގަކޮށްލެވެއެވެ. މި ސަބަބުތަކަށްޓަކައި ރައީސް ނަޝީދުގެ ބައްދަލުވުންތައް ކޮންމެ ކޮންމެ ތަނެއްގައި މިހާރު ނުބޭއްވޭނެކަމަށް މައުލޫމާތު އެނގިވަޑައިގަންނަވާ ބޭފުޅުން ވިދާޅުވެއެވެ.

ކިހާ ދެރަ ލަދުވެތި ކަމެއްތޯ! @MDPSecretariat ގެ ބައްދަލުވުން މަޖްލިސް އިދާރާގައި ބާއްވާ މަޖްލިހުގެ ވަސީލަތް ބޭނުންކޮށްގެން ހިންގުމަކި ސީދާ ކޮރަޕްޝަންގެ ޢަމަލެއް ! @MohamedNasheed @ibusolih pic.twitter.com/PEKtLeFBMp
— 𝗔𝗹𝗵𝗮𝗻 𝗙𝗮𝗵𝗺𝘆 - 𝗔𝗙 (@AlhanFahmy) October 26, 2021
ރައީސް ނަޝީދު މަޖިލީހުގެ އިދާރާގައި ވަނީ ޕީޕީއެމްގެ އިސްބޭފުޅުންގެ އިތުރުން އިހަށްދުވަހު ރަޖިސްޓްރީކުރި އެމްއެންޕީގެ އިސް ބޭފުޅުންނާއިވެސް ބައްދަލުކުރައްވާފައެވެ.
ބެލެވޭ ގޮތުގައި މިބައްދަލުވުންތައް މަޖިލީހުގެ އިދާރާގައި ބާއްވަނީ ރައީސް ނަޝީދުގެ ސަލާމަތާއި ރައްކާތެރިކަމަށް ބެލުމަށްފަހު، ސަލާމަތީ ހިދުމަތްތަކުގެ އިރުޝާދުގެ ދަށުންނެވެ. އެއީ އެމްޑީޕީގެ ރައީސްގެ އިތުރުން، ރައީސް ނަޝީދަކީ މަޖިލީހުގެ ރައީސްގެ މަގާމުގައި މިވަގުތު ހުންނެވި ބޭފުޅާގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ މަގާމުވެސް އަދާކުރައްވާފައިވާ ބޭފުޅަކަށްވުމެވެ. އަދި އެމަނިކުފާނަށް އަމާޒުކޮށް މިދިޔަ މޭމަހު ދިން ބޮމުގެ ހަމަލާއަށްފަހު އެމަނިކުފާނުގެ ސެކިއުރިޓީ ވަނީ ވަރުގަދަކޮށްފައި ކަންވެސް ފާހަގަކޮށްލެވެއެވެ. މި ސަބަބުތަކަށްޓަކައި ރައީސް ނަޝީދުގެ ބައްދަލުވުންތައް ކޮންމެ ކޮންމެ ތަނެއްގައި މިހާރު ނުބޭއްވޭނެކަމަށް މައުލޫމާތު އެނގިވަޑައިގަންނަވާ ބޭފުޅުން ވިދާޅުވެއެވެ.
ކިޔުންތެރިންގެ ހިޔާލު