ރާއްޖޭގައި ހުންނަވާ ޗައިނާ ސަފީރު ވާންގް ލިޝިން ރައްޔިތުންގެ މަޖިލީހުގެ ރަައީސް، ރައީސް މުހައްމަދު ނަޝީދާ މިއަދު ބައްދަލުކުރައްވައިފި އެވެ.

ޗައިނާ ސަފީރު ވާންގް ލިޝިން ރައްޔިތުންގެ މަޖިލީހުގެ ރަައީސް، ރައީސް ނަޝީދާއި ބައްދަލުކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ އިދާރާގައެވެ. މަޖިލީހުގެ އިދާރާއިން ބުނީ ޗައިނާ ސަފީރު މަޖިލީހުގެ ރައީސް މުހަންމަދު ނަޝީދު އަރިހަށް އިހުތިރާމްގެ ޒިޔާރަތެއް މިއަދު ކުރެއްވި ކަމަށެވެ. ވާންގް މަޖިލީހަށް ކުރެއްވި ޒިޔާރަތުގައި، މެހުމާނުން ސޮއިކުރައްވާ ފޮތުގައި އެކަމަނާ ސޮއިކުރެއްވި ކަމަށް މަޖިލީހުގެ އިދާރާއިން ބުނެ އެވެ.

މި ޒިޔާރަތުގައި ދެބޭފުޅުން މަޝްވަރާ ކުރެއްވި ކަންކަމާއި ގުޅޭ މައުލޫމާތު މަޖިލީހުގެ އިދާރާއިން ހާމަކޮށްފައެއް ނުވެއެވެ.



ޗައިނާ ސަފީރު ވާންގް ލިޝިން މަޖިލީހުގެ ރައީސް މުހަންމަދު ނަަޝީދާއި ބައްދަލުކުރައްވާފައިވާއިރު އެކަމަނާ މިއަދު ވަނީ މަޖިލީހުގެ ނާއިބް ރައީސް އީވާ އަބުދުﷲ އާވެސް ބައްދަލުކުރައްވާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަކީ އަބަދުވެސް ޗައިނާއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ގެންދަވާ ބޭފުޅެކެެވެ. އެގޮތުން ޗައިނާއިން ރާއްޖެއަށް ދީފައިވާ ލޯނު ތަކަކީ ދަރަނީ ދަންތުރަށްއެއް ކަމަށް އެމަނިކުފާނު ވަނީ ސިފަކުރަށްވާ ފައެވެ. އެގޮތުން ހިޔާ ފްލެޓް އެޅުމަށާއި މާލެ އާއި ހުޅުމާލެ ގުޅުވައިދޭ ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް މަޝްރޫޢަށް ޗައިނާއިން ލޯނު ނެގި ގޮތާއިމެދު ރައީސް ނަޝީދު ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ގެންދަވާކަން ފާހަގަ ކޮށްލެވެއެވެ. ރައީސް ނަޝީދުގެ މި ވާހަކަފުޅުތަކާއި ގުޅިގެން ރާއްޖޭގައި ކުރިން ހުންނެވި ޗައިނާގެ ސަފީރާއި ރައީސް ނަޝީދާ ދެމެދު ވަރަށް ހޫނު ބަހުގެ ހަމަލާތަކެއް ވެސް ބަދަލުކޮށްފައިވެއެވެެ.



ކިޔުންތެރިންގެ ހިޔާލު