މި ސަރަހައްދުގެ އެހެން ގައުމުތަކާ އަޅާބަލާއިރު ރާއްޖޭގައި ޓީބީ ޖެހޭ މިންވަރު މަދުކަމަށް ރާއްޖެއިން އެބަލި ނައްތާލުމަށް ވަރަށް ބޮޑު އަހަންމިއްޔަތު ކަމެއް ދެއްވާކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.
ހެލްތް މިނިސްޓަރު އަހުމަދު ނަސީމް މިހެން ވިދާޅުވީ ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުގައި ޓީބީ ބައްޔާބެހޭ މަސައްކަތްތައް ހަރުދަނާކޮށް، ސަރަހަށްދުން ޓީބީ ނައްތާލުމާ ގުޅޭގޮތުން މިއަދު ބޭއްވި ހައިލެވެލް ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެެވެ. ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވީ، ސަރަހައްދުގެ އެހެން ގައުމުތަކާ އަޅާބަލާއިރު ރާއްޖޭގައި ޓީބީ ޖެހޭ މިންވަރު މަދުކަމަށާއި، ޓީބީ ދެނެގަތުމަށް ހަރުދަނާ މަސައްކަތްތަކެއް މިހާރު ފަށާފައިވާ ކަމަށެވެ. އަދި 2025 ވަނަ އަހަރު ނިމޭއިރު ރާއްޖެއިން ޓީބީ ނައްތާލުމަށް އަމާޒުހިފައި، މިހާރު ވެސް އެމަސައްކަތް ކުރިއަށްދާ ކަމަށް މިނިސްޓަރު ނަސީމް ވިދާޅުވިއެވެ.
އޮންލައިންކޮށް މިއަދު ކުރިއަށް ގެންދިޔަ ހައިލެވެލް ބައްދަލުވުމުގައި ދެކުނު އިރުމަތީ އޭޝިއާގެ ސަރަހައްދުގެ ގައުމުތަކުގެ ސިއްހަތާ ބެހޭ ވަޒީރުންނާއި ހާއްސަ މަންދޫބުންގެ އިތުރުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ. މި ބައްދަލުވުމުގައި ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުން ޓީބީ ނައްތާލުމާއި އެކަމާ ގުޅޭ މަސައްކަތްތައް ހަރުދަނާ ކުރުމަށް އެ ގައުމުތަކުގެ ސިއްހަތާ ބެހޭ ވަޒީރުން "ސްޓޭޓްމަންޓް އޮފް ކޮމިޓްމަންޓް" އެއްގައި ވަނީ ސޮއިކޮށްފައެވެ. އެގޮތުން 2030 ވަނަަ އަހަރު ޓީބީ ބަލި ނައްތާލުމަށް ޓާގެޓު ކަނޑައަޅައި އެކަމަށް މަސައްކަތް ކުރުމަށް އެ ސްޓޭޓްމަންޓުގައި ވަނީ އެއްބަސްވެފައެވެ.

The High-level meeting for renewed TB response in the WHO South-East Asia Region has begun today. Ministry of Health's delegation for the 1 day virtual meeting will be led by the Minister of Health Ahmed Naseem. #endTB pic.twitter.com/THhrdtKktY
— Ministry of Health (@MoHmv) October 26, 2021
އޮންލައިންކޮށް މިއަދު ކުރިއަށް ގެންދިޔަ ހައިލެވެލް ބައްދަލުވުމުގައި ދެކުނު އިރުމަތީ އޭޝިއާގެ ސަރަހައްދުގެ ގައުމުތަކުގެ ސިއްހަތާ ބެހޭ ވަޒީރުންނާއި ހާއްސަ މަންދޫބުންގެ އިތުރުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ. މި ބައްދަލުވުމުގައި ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުން ޓީބީ ނައްތާލުމާއި އެކަމާ ގުޅޭ މަސައްކަތްތައް ހަރުދަނާ ކުރުމަށް އެ ގައުމުތަކުގެ ސިއްހަތާ ބެހޭ ވަޒީރުން "ސްޓޭޓްމަންޓް އޮފް ކޮމިޓްމަންޓް" އެއްގައި ވަނީ ސޮއިކޮށްފައެވެ. އެގޮތުން 2030 ވަނަަ އަހަރު ޓީބީ ބަލި ނައްތާލުމަށް ޓާގެޓު ކަނޑައަޅައި އެކަމަށް މަސައްކަތް ކުރުމަށް އެ ސްޓޭޓްމަންޓުގައި ވަނީ އެއްބަސްވެފައެވެ.
ކިޔުންތެރިންގެ ހިޔާލު