ރައްޔިތުންނަށް މުހިންމުވާ ކިތަންމެ ކުޑަކަމެއްވިޔަސް މި ސަރުކާރުން ނުކޮށް ދޫކޮށްނުލާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް މިއަދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ފުވައްމުލައް ސިޓީގެ އިހުގެ ނެރުތައް ބަންދުކުރުމުގެ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަަވަމުންނެެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަަވަމުން ނާއިބް ރައީސް ފައިސަލް ނަސީމް ވިދާޅުވީ، މިއީ ރައްޔިތުންގެ ސަރުކާރެއް ކަމަށާއި ރައްޔިތުންގެ އަޑު އަހަން ރައީސާއި ސަރުކާރުންވެސް ވަރަށް ބޮޑަށް ތައްޔާރު އޮތް ކަމަށެވެ.
ނާއިބް ރައީސް ވިދާޅުވީ ދިވެހިރާއްޖެއަކީ އުތުރާއި ދެކުނުގައި ހިމެނޭ ހުރިހާ ރަށްތަކެއްގެ މައްޗަށް އެކުލެވޭ، ހުރިހާ ރައްޔިތުންގެ ރާއްޖެއެއް ކަމަށާއި އެގޮތުން ޚިދުމަތްތަކުގެ ފަސޭހަކަން ލިބެންޖެހޭނީ މުޅިރާއްޖޭގެ އެންމެހާ ރައްޔިތުންނަށް ކަމަށެވެ. އެ މަނިކުފާނު ވިދާޅުވީ މިއަދު ފެންނަނީ ލާމަރުކަޒީ ގާނޫނުގެ ދަށުން ހިންގުން ހަރުދަނާ ވެގެންދާއިރު ސަރުކާރުން ހުރިހާ ރައްޔިތުންނާއި ހަމައަށް ޚިދުމަތްތައް ފުޅާކޮށް، ފުރިހަމަ ކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަމުންދާ މަންޒަރު ކަަމަށެވެ. އެގޮތުން ތައުލީމީ ނިޒާމު ފުރިހަމަ ކުރުމަށްޓަކައި ކްލާސްރޫމްތައް އެޅުމާއި އައު ސްކޫލްތައް އެޅުމާއި އަދި ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމާއި މަގުތައް ހެދުމާއި، މިހެންގޮސް ތަފާތު އެކި މަސައްކަތްތައް މުޅި ރާއްޖެއިން މިއަދު ފެނިގެންދާނެކަމަށް ނާއިބް ރައީސް ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ފުވައްމުލައް ސިޓީގެ އިހުގެ ނެރުތައް ބަންދުކުރުމުގެ ޢަމަލީ މަސައްކަތް ފައްޓަވާދެއްވާފައެވެ. ފުވައްމުލައް ސިޓީގެ އިހުގެ ނެރުތައް ބަންދުކުރުމުގެ މަސައްކަތް ފަށާފައިވަނީ އެ ސިޓީގައި މިދިޔަ ޖަނަވަރީ މަހު ހިނގާދިޔަ ހިތާމަވެރި ހާދިސާއެއްގައި މީހެއްގެ ފުރާނަ ގެއްލިދިއުމާ ގުޅިގެން އެ ސިޓީގެ ރައްޔިތުންގެ އެދުމާއެކު ރައީސުލްޖުމްހޫރިއްޔާ އެކަން ކޮށްދެއްވުމަށް އެއްބަސްވެވަޑައިގަތުމުންނެވެ. މި މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮންޕެނީ (އެމް.ޓީ.ސީ.ސީ.) ގެ ސީ.އެސް.އާރު ގެ ތެރޭގައި ހިމެނިގެންނެވެ.
މި ރަސްމިއްޔާތުގައި ލަފާފުރުމާއި ނެރު ބޭނުންކުރުމުގައި ހިނގާފައިވާ މިފަދަ އެހެނިހެން ހާދިސާތަކުގައި ފުރާނަ ގެއްލި ގޮސްފައިވާ ފަރާތްތަކުގެ ހަނދާނުގައި 30 ސިކުންތުގެ ހަމަހިމޭންކަމުގެ ސުކޫތެއް ގެނެސްފައިވެއެވެ.
މި ރަސްމިއްޔާތައްފަހު ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ފުވައްމުލައް ސިޓީގައި ކުރިޔަށް ގެންދާ މަގުހެދުމުގެ މަޝްރޫޢުގެ މަސައްކަތް ކުރިޔަށްދާގޮތް ބައްލަވާލައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު