ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި މޯލްޑިވްސް ނެޝަނަލް ޕާޓީ، އެމްއެންޕީ ހިމަނައިފިއެވެ.
އެމްއެންޕީ ސިޔާސީ ޕާޓީގެ ދަފްތަރުގައި ރަޖިސްޓްރީ ކޮށްފައިވަނީ މިމަހުގެ 25 ވަނަ ދުވަހުއެވެ. އަދި މަޖިލީހުގެ ދަފްތަރުގައި އެމްއެންޕީ ހިމެނީ އިލެކްޝަންސް ކޮމިޝަންގެ ސިޔާސީ ޕާޓީގެ ދަފްތަރުގައި ހިމެނުމާއި ގުޅިގެންނެވެ.
މިއަދުގެ މަޖިލިސް ޖަލްސާ ފަށްޓަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އެމްއެންޕީން ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހުށަހެޅުމުން މަޖިލީހުގެ ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި އެޕާޓީ ރަޖިސްޓްރީ ކުރައްވާފައިވާކަމަށެވެ.
މަޖިލީހުގެ ދަފްތަރުގައި އެމްއެންޕީ ރަޖިސްޓްރީކޮށްފައި ވަނީ މަޖިލީހުގެ ތިން މެމްބަރަކާއި އެކުގައެވެ. އެއީ އެމްއެންޕީގެ ރައީސް ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމާއި، ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒުގެ އިތުރުން ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމެވެ. މިބަދަލާއެކު މަޖިލީހުގައި ހިމެނޭ ޕާޓީތަކާއި މެމްބަރުންގެ އަދަދަކީ އެމްޑީޕީ - 65 މެމްބަރުން، ޕީޕީއެމް - 6 މެމްބަރުން، ޖުމްހޫރީ ޕާޓީ - 3 މެމްބަރުން، ޕީއެންސީ - 3 މެމްބަރުން، އެމްއެންޕީ 3 މެމްބަރުން، އެމްޑީއޭ - 2 މެމްބަރުން އަދި މިނިވަން - 5 މެމްބަރުންނެވެ.
މަޖިލީހުގެ ރައީސް ވިދާޅުވީ މިބަދަލާއެކު މަޖިލީހުގެ ކޮމެޓީތަކަށްވެސް ބަދަލުތަކެއް އަންނާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު